ލައިފްސްޓައިލް ޓެކްނޮލޮޖީ

ފޭސްބުކް ޑައުންވުމުން ޒަކަބާގްއަށް 6 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފޭސްބުކްގެ އޯނަރު މާކް ޒަކަބާގް

ރޭގެ ވަގުތެއްގައި ގަޑިއިރުތަކަކަށް ފޭސްބުކް، އިންސްޓަގްރާމް، ވަޓްސްއެޕް އަދި މެސެންޖާ ޑައުންވުމުން ބިލިއަނަރު މާކް ޒަކަބާގްއަށް 6 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބިއްޖެއެވެ.

Ads by STELCO

މިއާއެކު ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ 5 ވަނައަށް އޭނާ ވަނީ ވެއްޓިފައެވެ.

އިއްގެ މަދު ގަޑިއިރެއްގެ ތެރޭގައި ސްޓޮކް މާކެޓުގައި ފޭސްބުކް ވަނީ 4.9 އިންސައްތައަށް ދަށަށް ވެއްޓިފަ އެވެ. ބްލޫމްބާގްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޒަކަބާގްގެ އަގު މީގެ ހަފްތާތަކެއް ކުރިން ހުރީ 140 ބިލިއަން ޑޮލަރުގައެވެ. ރޭގެ ހާދިސާއަށްފަހު އެ އަގު ވަނީ 121.6 ބިލިއަނަށް ވެއްޓިފައެވެ. މިއީ އިއްޔެ ލިބުނު 6 ބިލިއަން ޑޮލަރުގެ ގެއްލުމާއިއެކުއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި މީގެ ކުރިން ޒަކަބާގް އޮތީ ހަތަރުވަނައިގައެވެ. އެހެން ނަމަވެސް ރޭގެ ހާދިސާއަށް ފަހު އޭނާ ވަނީ ބިލް ގޭޓްސްއަށްވުރެ ފަހަތަށް ވެއްޓިފައެވެ. ބިލް ގޭޓްސްގެ އަގަކީ 125 ބިލިއަން ޑޮލަރެވެ.

ރޭ ގާތްގަނޑަކަށް 11 ޖެހިއިރު ފޭސްބުކްއާއި އިންސްޓަގްރާމް ޑައުންވިއެވެ. ހިދުމަތްތައް މުޅިން މެދުކެނޑުނީ ސާވާ ކްރޭޝްވުމުގެ ސަބަބުންނެވެ. ހިދުމަތްތައް އަލުން ލިބެން ފެށީ ރޭ ދަންވަރު 3 ޖެހިއިރުއެވެ.

ފޭސްބުކްއާއި އިންސްޓަގްރާމް ޑައުންވުމާ އެކު ޒަކަބާގް ވަނީ އާންމުންގެ ކިބައިން މައާފަށް އެދިފައެވެ. އޭނާ ބުނީ ސާވާ ޑައުންވީ ޓެކްނިކަލް މައްސަލައަކާ ގުޅިގެންކަމަށެވެ. އަދި ފޭސްބުކްއާއި އިންސްޓަގްރާމް، ވަޓްސްއެޕް އަދި މެސެންޖާއަކީ އެކަކު އަނެކަކު ގުޅުވައިލުމަށް މުހިންމު ވަސީލަތެއްކަން ގަބޫލުކުރާ ކަމަށް ވެސް ޒަކަބާގް ބުންޏެވެ.

Ads by Allied Insurance
  1. ނަރުދޫ ހަސަނު

    ކަލޯ ޒަކަބާގް. ކަލޭގެ ތިހިރަ މުއްސަދިކަން ނިކަން އަހަރެމެންނަށްވެސް ދައްކާލަބަލަ.، ފޮނުވާބަލަ މަށަށް ހަމަ އެންމެ 250 މިލިޔަން ޑޮލަރ. މަވެސް ކަލޯކުރާކަހަލަ މަސައްކަތެއް ނުކުރެވުނަސް ކަލޯ އައި މަޖާކޮށްލާނެ ފުށިރަށްގަނޑެއް ހަދާލާފަ ކަލޯޔަށް ދަޢުވަތުފޮނުވާނަން. އަދި ބުނަން ކަލޯ ހާސްވާނެކަމެއްނެތް އިނގޭ!. ކަލޯދޭލާރި އިންޝާﷲ ހަމަ މަދު އަހަރުކޮޅެއްގެ ތެރޭގައި ދައްކާ ޚަލާޞް ކުރާނަން.

  2. ހަސަނު

    ކަލޯ ޒަކަބާގޫ މަށަށް ވަރިހަމަ އެންމެ 150 މިލިޔަން ޑޮލަރު ދެނިކޮށް އޭރުން ރާއްޖޭން ޒަކަބާގު ބޭނުން ކޮންމެ ކަމެއް ކޮންމެ ވަގުތަކު މަށަށް އަންގާލިޔަސް ކޮށްދޭނަން އަދި ޒަަކަބާގު ބުނާ ދުވަހަކަށް އަނބުރާ ޑޮލަރު ދައްކާ ހަަލާސް ކުރާނަން އަޅެ މިކަން ޒަަކަބާގު އަށް އަންގާލަ ދީބަލަ މަށަށް މިކަން ކޮއްދޭތޯ “ޝުކުރިއްޔާ”

  3. ޙުސައިންބޭ

    ކަލޯޒަކަބާ މަށައްކަމެއްކޮއްދެންޏާ ދިވެހިރާއްޖޭގަ މިއުޅޭ ފަގީރުންނައް އެހީގެ ގޮތުގައި200މިލިއަން ފޮނުވާލަދީބަލަ އެކަމު ސަރުކާރާ ނުބައްސާ ކަލޯއައިސް ނުވަތަ ކަލޯފޮނުވާ ބަޔަކު އައިސް ފަގީރު އާއިލާތަކައް އެބަޔަކު ބޭނުންވާ ކަމެއް ކޮއްދީ. ނަމަނަމަ އަތައް ރުފިޔާނުދޭތި . ސަރުކާރާތިކަމާ ޖާމިލްކޮއްފިޔާދުވަސްދިޔައީ ފަގަިރުމީހާއައްލިބޭނަި %1 އެހެންވެ ބުނެލީ ހެޔޮދުއާ ސަލާމް