Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެންމެ ކުޑަ އުޖޫރައަކީ 5،700 ރުފިޔާކަަމަށް މިނިމަމް ވޭޖް ބޯޑުން ކަނޑައަޅައިފި

އެންމެ ކުޑަ އުޖޫރައަކީ 5،700 ރުފިޔާކަަމަށް މިނިމަމް ވޭޖް ބޯޑުން ކަނޑައަޅައިފި

އެންމެ ކުޑަ އުޖޫރައަކީ 5،700 ރުފިޔާކަމަށް މިނިމަމް ވޭޖް ބޯޑުން ކަނޑައަޅައިފިއެވެ.

އެންމެ ކުޑަ އުޖޫރައަކީ 5،700 ރުފިޔާކަަމަށް ކަނޑައަޅައި މިނިމަމް ވޭޖް ބޯޑުން ވަނީ އެ ލަފާ އިކޮނޮމިކް މިނިސްޓްރީއަށް ދޭން ނިންމައިފައެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށް ޓަކައި އިކޮނޮމިކް މިނިސްޓަރަށް ލަފާ ދޭން 11 މެންބަރުންގެ ބޯޑެއް އޮވެއެވެ. އެ މެންބަރުން ދޭ ލަފާގެ މަތިން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ އިކޮނޮމިކް މިނިސްޓަރެވެ.

Advertisement
Ooredoo — Truecaller (box)

އެ ބޯޑުން ރޭ ކަނޑައެޅި އަދަދުތަކަށް ބަލާއިރު، ސިވިލް ސާވިސް މުވައްޒަފުންނަށް އެންމެ ދަށް މުސާރައިގެ ގޮތުގައި ކަނޑައަޅައިފައި ވަނީ މަދުވެގެން ހަ ގަޑިއިރު މަސައްކަތް ކުރާ މުވައްޒަފުންނަށް 7،000 ރުފިޔާއެވެ.

ކުދި ވިޔަފާރިތަކުން ދުވާލަކު އަށް ގަޑިއިރަށް މަސައްކަތް ކުރުވާ ނަމަ މަހު މުސާރައަކީ 5،700 ރުފިޔާއެވެ.

މީގެ އިތުރުން މެދުފަންތީގެ ވިޔަފާރިތަކުގައި އުޅޭ މުވައްޒަފުން އަށް ގަޑިއިރު މަސައްކަތް ކުރުމުން، މަހު މުސާރައިގެ ގޮތުގައި 8،000 ރުފިޔާ ދޭން ކަނޑައަޅައިފައިވެއެވެ. އަދި ބޮޑެތި ވިޔަފާރިތަކުގައި އުޅޭ މުވައްޒަފުން، އަށް ގަޑިިއިރު މަސައްކަތް ކުރުމުން މަހު މުސާރައިގެ ގޮތުގައި 10،000 ރުފިޔާ ދޭން ކަނޑައަޅައިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް