Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިތުރު 91 މީހުންނާ އެކު ފައްސިވީ ޖުމްލަ އަދަދު 85،198އަށް

އިތުރު 91 މީހުންނާ އެކު ފައްސިވީ ޖުމްލަ އަދަދު 85،198އަށް

ރާއްޖެއިން މިއަދު އިތުރު 91 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 30 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 53 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 7 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ. އަދި ކަނޑުއުޅަނދުފަހަރުން އެކަކު މިއަދު ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 85،198 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 83،574 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 15 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 232 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް