Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އައުރައަކީ ފިރިހެނުންނާއި އަންހެނުން ވެސް ފޮރުވަން ޖެހޭ އެއްޗެއް: ޝެއިޚް ޒައިދު

އައުރައަކީ ފިރިހެނުންނާއި އަންހެނުން ވެސް ފޮރުވަން ޖެހޭ އެއްޗެއް: ޝެއިޚް ޒައިދު

އައުރައަކީ ފިރިހެނުންނާއި އަންހެނުން ވެސް ފޮރުވަން ޖެހޭ އެއްޗެއް ކަމަށް ވިދާޅުވެ ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ނަސޭޙަތް ދެއްވައިފިއެވެ.

ޝެއިޚް ޒައިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައުރަ ރައްކާތެރިކޮށް ފާޙިޝް ކަންކަމުން ސަލާމަތްވެފައިވާ ބަޔަކަށްވުމަކީ ﷲގެ ރުއްސެވުން ހޯދައިގަތުމަށް އޮތް މަގު ކަމުގައެވެ.

"ޖާހިލިއްޔަ ޒަމާނުގެ ނުބައި އާދަކާދަ ތަކުން ދުރުހެލިވެ ރައްކާތެރިވާން ޖެހޭ! ވަރަށް ބޮޑު ޒަރޫރީ ޙާލަތެއްގައި މެނުވީ އިސްލާމްދީނުގައި ޢައުރަ ކަޝްފު ކުރުމަކީ ޙަރާމްކަމެއް!" ޝެއިޚް ޒައިދު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ޝެއިޚް އިތުރަށް ވިދާޅުވީ، ޒަރޫރީ ހާލަތެއްގައި މެނުވީ އައުރަ ކަޝްފު ކުރުމަކީ އެކަން ކުރާ މީހާ ފާފަވެރިވާނޭ ކަމެއް ކަމަށާއި އަދި އެއީ ތައުބާވާން ޖެހޭނޭ ކަމެއް ކަމަށެވެ.

https://twitter.com/alizaid1000/status/1445429925473755136?s=20

ޝެއިޚް ޒައިދު މިފަދައިން ނަސޭޙަތްތެރިވީ ކޮން ސަބަބަކާ ހެދި ކަމެއް ސީދާ ވިދާޅުވެފައެއް ނުވެއެވެ.

ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އަސްލަމަށް، ޖިންސީ ފުރައްސާރައަކަށް ވާ ފަދަ އަމަލެއް ކުރިކަމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އެނގިފައިވާ ގޮތުގައި، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެން އަސްލަމަށް ރުޅިވެރިކަން ދެއްކުމުގެ ގޮތުން މެންބަރު ނާޒިލް ވަނީ އޭނާގެ ޖިންސީ ގުނަވަން ދައްކައި "މި ވީޑިއޯ ކޮށްބަލާށޭ" ވިދާޅުވެފައެވެ.

މަޖިލީހުގެ އިދާރާގެ ތެރޭގައި ނާޒިލް އެގޮތަށް ކަންތައް ކުރެއްވުމުން އެ މައްސަލަ ބަލައިދޭން އެދިވަޑައިގެން ސެކްރެޓޭރިއަޓަށް މިހާރު ވަނީ މައްސަލަ ހުށަހަޅައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް