Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

99 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައި ވަނިކޮށް ނިލަންދޫ މޮނީޓަރިންއަށް

99 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައި ވަނިކޮށް ނިލަންދޫ މޮނީޓަރިންއަށް

ފ. ނިލަންދޫގެ އާބާދީގެ 99 އިންސައްތަ މީހުން ކޮވިޑް-19އިން ދިފާއު ވުމަށް ވެކްސިން ޖަހައިފައި ވަނިކޮށް، އެ ރަށުން ކޮވިޑަށް ފައްސި ވޭދަނައެއް ފެނިގެން މޮނީޓަރިންގެ ހާލަތަށް އެ ރަށް ލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހަމަޖައްސައިފައިވާ ގޮތުން އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ ރަށުން މީހަކު ކޮވިޑަށް ފައްސި ވިނަމަވެސް، އެ ރަށެއް މޮނިޓަރިންއަކަށް ނުލާނެއެވެ.

ނިލަންދޫގެ ކައުންސިލްގެ ރައީސް އަލީ އަހުމަދު ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު އެ ރަށަށް އަރައި ފޭބުން މަނާކުރީ، އެރަށުގެ އާބާދީގެ 99އިންސައްތަ މީހުން ވެކްސިން ޖަހާފައިވަނިކޮށް ކަމަށެވެ. އެއީ ރޯގާގެ އަލާމަތްތައް ހުރުމުން ނެގި ފްލޫ ސުންކެއް ފައްސިވުމުން ކަމަށެވެ. އޭގެ ފަހުން ރަށުގެ އެކި ހިސާބުތަކުން ވަކި ތަރުތީބެއް ނެތި ސުންކެއް ވެސް އިއްޔެ ވަނީ ފައްސި ވެފައެވެ.

Advertisement
Allied Insurance — Square (box)

ނިލަންދޫގެ އާބާދީގައި 2،378 މީހުން ހިމެނޭއިރު، 2،300 އަށްވުރެ ގިނަ މީހުން ވަނީ ދެ ޑޯޒު ފުރިހަމަކޮށްފައެވެ. ސިއްހީ އެކި ސަބަބުތަކާ ހެދި ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ތިބީ އެންމެ ހަ މީހުންނެވެ. ބާކީ ތިބި 60 އެއްހާ މީހުން ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހަން މާދަމާ ފަށާނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް