Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕޮލިސް ބޯޑުގެ ނިންމުމާ ދެކޮޅަށް ބައެއް އޮފިސަރުން ކޯޓަށް

ޕޮލިސް ބޯޑުގެ ނިންމުމާ ދެކޮޅަށް ބައެއް އޮފިސަރުން ކޯޓަށް

ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމައިފައިވާ ކޮމިޝަންޑް އޮފިސަރުން އެކަމާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ފުލުހުންގެ އައު ގާނޫނާ އެކު އެކުލަވާލި ހަތް މެމްބަރުންގެ ބޯޑަށް މަތިކުރި އެއް ޒިންމާއަކީ ހަތަރު މަސް ތެރޭގައި ފުލުހުންގެ އިސް ސަފަށް ހަރުދަނާ ބަދަލުތައް ގެނައުމެވެ. އެގޮތުން އައު ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) ތަންފީޒުކުރަން އެ ބޯޑުން ވަނީ ފުލުހުންގެ އިސް ސަފުން ހަތް އޮފިސަރަކު ވަކިކުރަން ނިންމައިފައެވެ.

ޕޮލިސް ބޯޑުން ވަކިކުރަން ނިންމައިފައި ވަނީ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު، އަދި އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާއި، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދުގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފްއާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އަދި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދުއެވެ.

Advertisement
Allied — Dhen Online (box)

ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅުމުގައި ފަރުހާދާއި ޝުހާދު ބައިވެރިވެފައެއް ނުވެއެވެ.

ކޯޓަށް މައްސަލަ ހުށަހެޅި އޮފިސަރުންގެ ފަރާތުން މި މައްސަލަ ހުށަހެޅީ ދިވެހި ޗެމްބާސްއިންނެވެ. އަދި ސިވިލް ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް