Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބަނގްލަދޭޝްގެ ނޫސްވެރިއަކަށް އެފްއޭއެމްގެ މުވައްޒިފަކު ފުރައްސާރަކޮށްފި

ބަނގްލަދޭޝްގެ ނޫސްވެރިއަކަށް އެފްއޭއެމްގެ މުވައްޒިފަކު ފުރައްސާރަކޮށްފި

ރާއްޖެއާ ބަނގްލަދޭޝް ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކަމުން ދިޔަ ތަން ކަވަރު ކުރުމަށް ހަރަކާތްތެރިވި ބަނގްލަދޭޝްގެ ނޫސްވެރިއަކަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މުވައްޒިފަކު ފުރައްސާރަކޮށްފިއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަ ގޮތުގައި ލައިން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވަމުން ދިޔަ މުވައްޒިފަކު ވަނީ ބަނގްލަދޭޝްގެ ނޫސްވެރިޔާގެ ކާޑް އޭނާގެ ކަރުން ނަގައިފައެވެ. އަދި ވަރަށް ބޭއަދަބީކޮށް ވާހަކަ ދައްކައިފައި ވެއެވެ.

https://www.tiktok.com/@sumonraj44/video/7015660369104407810?_d=secCgYIASAHKAESPgo8EY5K1Gkwln3Cvo4O49GbUvhPN4QsQfdRV45jJ70a4NJAMS%2FOo9KsKHqUimQ7lY5%2BwQ7PbStErYkhW8pkGgA%3D&checksum=e9c3e296b777fd34629a9aac2a29175f359125b8eff5b5e0518009b86ac7bfa5&language=en&preview_pb=0&sec_user_id=MS4wLjABAAAAx-AfC4ANx_csToLM7Ase3z90LoHJBubvqEcRwLHoA7ncYSxsUpRs_EP9Axqg2jbJ&share_app_id=1233&share_item_id=7015660369104407810&share_link_id=CBF6AB3B-4A1A-4E14-A19B-69226C24A5F4&source=h5_m&timestamp=1633502238&tt_from=copy&u_code=d2e93627i89i7m&user_id=6610020010537844742&utm_campaign=client_share&utm_medium=ios&utm_source=copy&_r=1&is_copy_url=1&is_from_webapp=v1

Advertisement
Allied — Dhen Online (box)

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރައްސާރަކޮށްފައި ވަނީ ބަނގްލަދޭޝްގެ ސޯމީ ޓީވީގެ ނޫސްވެރިއަކަށެވެ.

ދައުރުވަމުން އަންނަ އިތުރު ވީޑިއޯއެއްގައި އެފްއޭއެމްގެ މުވައްޒިފު، އެ ޖާނަލިސްޓް ކުރެން އޭނާ އައީ ސާފް ޗެންޕިއަންޝިޕްގެ މެޗްތައް ކަވަރު ކުރަން ކަމަށާއި ޓިކެޓް ނަގާތަން ކަވަރު ކުރަން ނޫން ކަމަށް ބުނެފައިވެއެވެ. އަދި އޭނާ ޖަވާބުގައި އިދާރާއަށް މައްސަލަ ހުށައެޅުމަށާއި އަމިއްލައަށް ކަންކަން ނުނިންމުމަށް އެދިފައިވެއެވެ.

https://www.tiktok.com/@junaeid814/video/7015598275688484098?_d=secCgYIASAHKAESPgo8px0iiF7H%2BqvcVaKYB%2FiZYItM1R8w82Wdpb6Z74V7%2FPwxjVk0BHgNKyKKky032wor1sjYUYm2LoXjy1%2FpGgA%3D&checksum=7fa5e41b28f86b227929d669a4d280d857c8a09eb9e5ff37765f6926aba4cf1e&language=en&preview_pb=0&sec_user_id=MS4wLjABAAAAx-AfC4ANx_csToLM7Ase3z90LoHJBubvqEcRwLHoA7ncYSxsUpRs_EP9Axqg2jbJ&share_app_id=1233&share_item_id=7015598275688484098&share_link_id=B2FE15EF-ADC1-4A7E-935A-F2736ADC1776&source=h5_m&timestamp=1633501782&tt_from=copy&u_code=d2e93627i89i7m&user_id=6610020010537844742&utm_campaign=client_share&utm_medium=ios&utm_source=copy&_r=1&is_copy_url=0&is_from_webapp=v1&sender_device=pc&sender_web_id=6984127535715354114

މިކަމާ ގުޅިގެން އެފްއޭއެމްގެ ބަހެއް ހޯދަން "ދެން"އިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގައި ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެއާއި ބަނގްލަދޭޝް ކުޅޭ މެޗުގެ ޓިކެޓްގެ ތެރެއިން ބަނގްލަދޭޝް މީހުންނަށް ވިއްކުމަށް ހަމަޖެހިފައި ވަނީ 200 ޓިކެޓެވެ. މެޗު ބަލަން ގަލޮޅު ދަނޑަށް 5،000 މީހުންނަށް ވަދެވޭ އިރު، ހޯމް ޓީމަށް އޮންނަ އެޑްވާންޓޭޖްގެ ދަށުން، އިދިކޮޅަށް ކުޅޭ ޓީމުގެ ސަޕޯޓަރުން މަދު ކުރަން ނިންމައިފައިވާ ކަމަށް އެފްއޭއެމްއިން މީގެ ކުރިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ވިސާ ނުވަތަ ވޯކް ޕާމިޓް ނުލައި ބިދޭސީންނަށް ނުވަދެވޭ ގޮތަށް ވެސް އެފްއޭއެމްއިން ވަނީ ނިންމައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް