Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކު ނިޔާވެއްޖެ

ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު އައިޖީއެމްއެޗުން ފަރުވާ ހޯދަނިކޮށް ނިޔާވެއްޖެއެވެ.

ކަރެކްޝަނުން "ދެން"އަށް މައުލޫމާތު ދެމުން ވިދާޅުވީ ނިޔާވެފައި ވަނީ 46 އަހަރުގެ މ. މަލަސް/ ކ. މާލެ އިސްމާޢީލް ޝަބީން ކަމަށެވެ. އޭނާ ރޭ 19:00 ގައި ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދިޔަ ކަމަށާއި ނިޔާވެފައި ވަނީ ހާލު ދެރަވެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެނިކޮށް މިރޭ، 2021 އޮކްޓޫބަރ 6ގައި ކަމަށް ކަރެކްޝަނުން ވިދާޅުވިއެވެ. އިސްމާޢީލް ޝަބީންއަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިއްކިކަމަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެކެވެ. އޭނާ ނިޔާވެފައި ވަނީ 19:30ގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ވަނީ ދީފައެވެ. އަދި ނިޔާވިއިރު މީނާ ދިޔައީ ހަކުރު ބައްޔަށް ވެސް ބޭސްކުރަމުންނެވެ. އެ މައްޔިތާގެ ޖަނާޒާގެ ކަންތައްތައް ޢާއިލާއާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް ވެސް ކަރެކްޝަނުން ހާމަކުރެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް