މިނިވަންކަން ގިނަ ފަހަރަށް ގެއްލިފައި ވަނީ ވެރިން ޤައުމަށް ޣައްދާރުވުމުން, މިހާރު އޮތީ އެފަދަ ވެރިކަމެއް: ޑރ.ޖަމީލް
މިނިވަންކަން ގިނަ ފަހަރަށް ގެއްލިފައި ވަނީ ވެރިން ޤައުމަށް ޣައްދާރުވުމުން ކަމަށާއި މިހާރު އޮތީ އެފަދަ ވެރިކަމެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ ގައުމީ ދުވަހުގެ ތަހުނިޔާ ކިޔުއްވައި ކުރެއްވި ޓްވީޓެއްގައެވެ. މިޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވީ މިއަދު ދިވެހި ފަސްގަނޑު ކޮންމެ ނޭވައެއް ވެސް ލަނީ ހާސްކަމާއި ބިރުވެރިކަމާއެކުގައި ކަމަށެވެ.
"މިނިވަންކަން ގިނަ ފަހަރަށް ގެއްލިފައި ވަނީ ވެރިން ޤައުމަށް ޤައްދާރުވުމުން. މިހާރު އޮތީ އެފަދަ ވެރިކަމެއް. ކޮންމެ ނޭވާއެއް މިފަސްގަނޑު މިލަނީ ހާސްކަމާއި ބިރުވެރިކަމުގައި. ޤައުމީ ދުވަހުގެ ބަޠަލްގެ ޒިިކްރާ އާކޮށް ޤައުމްގެ ދިފާޢުގައި ތެދުވަން އެދި ގޮވަނީ." ޑރ.ޖަމީލްގެ ޓްވީޓްގައި ވިދާޅުވިއެވެ.
ރާއްޖޭގައި މިއަދު ގައުމީ ދުވަސް ފާހަގަ ކުރަމުންދާއިރު އިދިކޮޅު ކޯލިޝަނުން ތަކުރާރުކޮށް ބުނަމުންދަނީ މިއަދުގެ ސަރުކާރުން ގައުމަށް ޣައްދާރުވަމުންދާ ކަމަށާއި މިނިވަންކަން ގެއްލުވާލަމުންދާ ކަމަށެވެ. މިގޮތުން ގައުމީ ދުވަހު އެންމެ ރަނގަޅު ގޮތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަގާމުން އިސްތިއުފާ ދެއްވުން ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ކޯލިޝަނުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މި ސަރުކާރުން ވަނީ ދިވެހި ގައުމިއްޔަތު "ފުނޑާލައި" ރާއްޖޭގެ މިނިވަންކަން ވިއްކައިލައިފައިކަ މަށެވެ. ރައީސް ޞާލިހްގެ އިސްތިއުފާއަށް ތަކުރާރުކޮށް ގޮވައިލައްވައި އޭނާ ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި ދިވެހިން އަޅުވެތިކޮށްފައި ވާތީ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ ކަމަށެވެ.
އެއީ ވަރަށްބޮޑު ތެދުވާހަކައެއް ކަޅުދަބަސް ޞޯލޙަކީ ހަމަގައްދާރެއް މިގައުމު ފަނާކުރުމަށް މަސައްކަތް ކުރާމީހެއް ޞޮލިޙަކީ އެކަމުގެ އަޑީގަ ހިއްވަރުދޭން ތިބީ އަންނިޔާއި، މައުމޫނާއި، ސޭކް ޢިމުރާނާއި، ޤާސިމުއާއި، ފާރިޝްއާއި، ކާނަލަ ނާޒިމު، އަދި ބާޣީ ރިޔާޒްއާއި، ފެންބިލަތް ވެސް ހިމެނޭ އަދި ހަމަ މައިރިޔާވެސް