ޚަބަރު

އެމްއެންޑީއެފްގެ ޤައުމީ ލަވަ އަލްބަމް ނެރެފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ފަހުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ނެރޭ ޤައުމީ ލަވަ އަލްބަމް 1443 ނެރެފިއެވެ.

Ads by MWSC

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ސިފައިންގެ ލަވަ ކިޔުންތެރިން ލަވަކިޔައިފައިވާ މި އަލްބަމްގައި މުޅިއެކު ހަ ލަވަ ހިމެނެއެވެ. މިލަވަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ސިފައިންގެ ލަވަ، ޤައުމީ ޚިދުމަތުގައި އެފްއާރުއެސް (އެފްއާރުއެސް)، ކަނޑުމަތީގެ ޤާއިދުން (ކޯސްޓްގާޑް)، ރަތް ލަޝްކަރު (މެރިން ކޯރ) ލަޝްކަރުގެ މައިބަދަ (ސަރވިސް ކޯރ)، އަދި މަދަނަ ވެށްޓަކަށް (މެޑިކަލް ކޯރ)އެވެ.

މި އަލްބަމްގެ ޅެންތައް ހައްދަވައިދެއްވައިފައި ވަނީ ލެފްޓިނަންޓް ކާނަލް އަންވަރު ޒާހިރު، ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު، ވޮރަންޓް އޮފިސަރ3 އާސިމް ރަޝީދު، ސާޖަންޓް އުބައިދު ޢަބްދު ﷲ އަދި ޕްރައިވެޓް މުޙައްމަދު މާހިދުއެވެ.

އަލްބަމްގެ ރާގާއި މިޔުޒިކް ހައްދަވައިފައި ވަނީ އާރޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ އޯޑިއޯ އިންޖިނިއަރުން ކަމުގައިވާ ލެފްޓިނަންޓް ކާނަލް ޢަލީ މަނިކު، ވޮރަންޓް އޮފިސަރ1 ޔޫސުފް ޝިމާޒް، ވޮރަންޓް އޮފިސަރ1 ޢަބަދުﷲ އިލްހާމް އިބްރާހީމް، ސްޓާފް ސާޖަންޓް އިބްރާހީމް އާޝިފް، ޕްރައިވެޓް މޫސާ ކަލީމް، ޕްރައިވެޓް އިސްމާޢީލް ޔަމާން އަދި ޕްރައިވެޓް މުޙައްމަދު މާހިދުއެވެ.

މި އަލްބަމުގެ ވީޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައި ވަނީ މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ވީޑިއޯގްރަފީ އެންޑް އޯޑިއޯ ވިޝުއަލްސް ޑިޕާޓްމަންޓްގެ އިތުރުން އަލްފާޟިލް އައްޝަރު ވަހީދާއި ވޮރަންޓް އޮފިސަރ2 އިބްރާހީމް އަޙްމަދެވެ.

މިއަލްބަމުގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފް ޔޫޓިއުބް ޗެނަލްއިން ޑައުންލޯޑް ކުރެވޭނެއެވެ.

Ads by Ooredoo
  1. ުޙުނަބ

    މިއުޒިކް އަކީ ހަރާމް ކުރައްވާފައިވާ ކަމެއް ކަން ﷲ ވަނީ ޤުރުއާންގައި އަންގަވާފަ ..
    އެކަމް މި މީހުން ދަނީ ހަލާލް ކުރަމުން.. ދެންވެސް ކިޔަނީ އިސްލާމުންނޭ….