Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ނޮވެމްބަރުގައި ފަތުރުވެރިންނަށް ވެކްސިން ދޭން ފަށަނީ

ނޮވެމްބަރުގައި ފަތުރުވެރިންނަށް ވެކްސިން ދޭން ފަށަނީ

ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިން އަންނަ ނޮވެމްބަރުގައި ފަތުރުވެރިންނަށް ދޭން ފެށޭތޯ މަސައްކަތް ކުރައްވަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެއިން މިއަދު ވަނީ އަވައްޓެރި ބައެއް ޤައުމުތަކަށް ވެކްސިން ހަދިޔާ ކުރުމަށް ވެސް ނިންމައިފައެވެ.

މިއާއެކު ރާއްޖެއިން ފަތުރުވެރިންނަށް ވެކްސިން ދޭން ފަށަނީ ކޮން އިރަކުންތޯ ބައެއް ފަރާތްތަކުން ވަނީ ސުވާލު ކޮށްފައެވެ.

Advertisement
HDC — Sidebar (box)

މިކަމާ ގުޅޭގޮތުން "ދެން"އިން ސުވާލު ކުރުމުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ އެންމެ ފުރަތަމަ އިސްކަން ދެނީ ރާއްޖޭގެ އެންމެންނަށް ވެކްސިން ޖަހައި ނިންމައިލާން ކަމަށެވެ.

"އެއާއެކު މިހާރު އަޅުގަނޑުމެންގެ މަޝްވަރާތައް ހުރީ ފަތުރުވެރިންނަށް ވެކްސިން ދޭން ފެށޭނެ ދުވަހަކާ ގުޅޭ ގޮތުން. ހެލްތު މިނިސްޓްރީއާއި އެޗްޕީއޭއިން ދުވަހެއް ކަނޑައެޅުނީމަ އެކަން ފެށޭނެ. އަޅުގަނޑުމެން މި ބަލަނީ ނޮވެމްބަރު މަހު ވެސް ފެށޭވަރު ވެދާނެ ކަމަށް. އަދި އެކަމަކު ވަކި ތާރީޚެއް ޔަގީނެއް ނުވޭ" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް އިތުރަށް ވިދާޅުވީ ބޭރު ޤައުމުތަކަށް ދަތުރު ކުރެވެނީ ވެސް ވެކްސިން ޖަހައިގެން ކަމަށް ވާތީ ވެކްސިން ނުޖަހައި ތިބި މީހުން ފުދޭވަރަކަށް މަދުވާނެ ކަމަށެވެ.

އެހެން ނަމަވެސް "ހަރު އުމުރުގެ" (އުމުރުން ދުވަސްވީ) މީހުންނަށް ކޮވިޑާ ހެދި މިދިޔަ ދުވަސްތަކުގައި ވަނީ ދަތުރު ނުކުރެވިފައި ކަމަށާއި އެ ފަރާތްތަކުން ވެސް މިހާރު ދަތުރުކުރަން ފަށަން ބާރު އަޅައިފައިވާނެ ކަމަށެވެ. އެ ފަރާތްތަކުން ދަތުރު ކުރަން ފަށާއިރު ވެކްސިން ނުޖަހާ މީހުން ތިބެއްޖެ ނަމަ ރާއްޖެއިން އެ ފަތުރުވެރިންނަށް އެ ފުރުސަތު ލިބުމަކީ އެ ފަރާތްތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް