ފުޓްބޯޅަ

މި މޮޅަކީ ޤައުމީ ދުވަހު ދިވެހިންނަށް ދިން ހަދިޔާއެއް: ދަގަނޑޭ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މިރޭ ކުޅުނު މެޗުން 2-0އިން ބަނގްލަދޭޝް ބަލިކޮށް ރާއްޖެ ހޯދި މޮޅަކީ ދިވެހިންނަށް ޤައުމީ ދުވަހު ދިން ހަދިޔާއެއް ކަމަށް މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ފޯވާޑް އަލީ އަޝްފާޤް (ދަނގަޑޭ) ބުނެފިއެވެ.

Ads by STELCO

މިރޭގެ މެޗުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ދަނގަޑޭ، މިރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ "މި މޮޅަކީ ދިވެހި ރައްޔިތުންނަށް ދޭ ގައުމީ ދުވަހުގެ ހާއްސަ ހަދިޔާއެއް،" ކަމަށެވެ.

ޕެނަލްޓީއެއް ކާމިޔާބުކޮށް، މިރޭގެ މެޗްގައި ރާއްޖޭގެ ލީޑް ފުޅާކޮށްދީ ދަގަނޑޭ ވަނީ ސާފް ޗެންޕިއަންޝިޕްގައި އޭނާ ޖެހި ގޯލްގެ އަދަދު 21އަށް ބަދަލުކޮށްލައިފައެވެ. މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ރިކޯޑް އޮތް ދަގަނޑޭގެ ލަނޑާ ބެހޭ ގޮތުން ބޭރުގެ ނޫސްވެރިޔައެކު ސުވާލު ކުރުމުން ބުނެފައި ވަނީ، އޭނާ ވިސްނަނީ ޓީމަށް ކާމިޔާބު ހޯދައިދޭން ކަމަށާއި ލަނޑު ޖަހަނީ ކާކުތޯ ނުވިސްނާ ކަމަށެވެ.

"މުހިންމީ ޓީމަށް ކާމިޔާބު ލިބުން، ކޮންމެ މީހަކު ލަނޑު ޖެހިޔަސް ކާމިޔާބުވުން މުހިންމީ" އަޝްފާޤް ބުންޏެވެ.

މިރޭގެ މުބާރާތުގައި ފުރަތަމަ ގޯލް ރާއްޖެއަށް ލީޑް ހޯދައިދީފައި ވަނީ ހަމްޒާއެވެ. މިއަހަރުގެ ސާފް ކަޕްގައި ފެނުނު އެންމެ ރީތި ގޯލުން ހަމްޒާ ހޯދައިދިން ލީޑް އަޝްފާޤު ފުޅާކޮށްދިނީ ހަސަން ނާއިޒު (ދާދު) ހޯދި ޕެނަލްޓީއަކުންނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!