Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ވިޔަފާރީގެ އެއްވެސް މުއާމަލާތެއްގައި ކްރިޕްޓޯ ކަރަންސީ ބޭނުމެއް ނުކުރެވޭނެ: އެމްއެމްއޭ

ވިޔަފާރީގެ އެއްވެސް މުއާމަލާތެއްގައި ކްރިޕްޓޯ ކަރަންސީ ބޭނުމެއް ނުކުރެވޭނެ: އެމްއެމްއޭ
ރާއްޖޭގައި ކްރިޕްޓޯ ކަރަންސީ ބޭނުން ކުރުމަކީ ގާނޫން ތަންދޭ ކަމެއް ނޫންކަމަށް މަރުކަޒީ ބޭންކުން ބުނެފިއެވެ.

ރާއްޖޭގެ ދެ ރިސޯޓެއް ކަމުގައިވާ ހާޑްރޮކް މޯލްޑިވްސްއާއި ސާއި ލެގޫންއިން "ކްރިޕްޓޯ" ކަރަންސީ ރާއްޖޭގައި ބޭނުން ކުރަން ފަށައިފައިވާ މި ދަނޑިވަޅުގައި އެމްއެމްއޭއިން ބުނީ ރާއްޖޭގައި ހިންގާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއްގައި ކްރިޕްޓޯ ކަރަންސީ ބޭނުން ކުރުމަކީ ގާނޫނީ ގޮތުން ތަންދޭ ކަމެއް ނޫން ކަމަށެވެ.

ރާއްޖޭގައި ކްރިޕްޓޯ ކަރަންސީ ގަނެ ވިއްކުމާއި އެއިން މުއާމަލާތުކުރުމަކީ މަނާ ކަމެއްކަން 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެމްއެމްއޭއިން އިއުލާނުކޮށްފައި ވެއެވެ. އޭގެ ފަހުން އެކަމަށް ބަދަލެއް ގެނައިކަމެއް އެނގިފައެއް ނުވެއެވެ. އެހެންވެ ކްރިޕްޓޮ ކަރަންސީއަކީ ރާއްޖޭގައި ލީގަލް ޓެންޑާއެއް ނޫނެވެ. މި ދެ ރިސޯޓު ހިންގާ ކުންފުނި ކަމުގައިވާ އެސް ހޮޓެލްސްއާއި ކްރިޕްޓޯ ކަރަންސީ ޓްރޭޑިން ޕްލެޓްފޯމެއް ކަމަށްވާ އެފްޓީއެކްސްއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިމަހު ފެށި މިހިދުމަތުގެ ސަބަބުން ހާޑް ރޮކްއާއި ސާއި ލެގޫންއިން ހިދުމަތް ހޯދަން ޑިޖިޓަލް ފައިސާ ބޭނުން ކުރެވޭނެއެވެ. އެހެން ނަމަވެސް މިއީ ރާއްޖޭގެ ގާނޫނުން ތަންދޭ ކަމެއް ނޫނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް