Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހޯމް މިނިސްޓްރީން ބޮޑުތަކުރުފާނުގެ ޖިހާދުގެ މައްޗަށް ފިލްމެއް އުފައްދާތީ ވައްޑެ ރުޅިގަދަ ވެއްޖެ

ހޯމް މިނިސްޓްރީން ބޮޑުތަކުރުފާނުގެ ޖިހާދުގެ މައްޗަށް ފިލްމެއް އުފައްދާތީ ވައްޑެ ރުޅިގަދަ ވެއްޖެ

ޤައުމީ ބަތަލު މުޙައްމަދު ތަކުރުފާނުގެ ޤައުމީ ޖިހާދަށް ފިލްމެއް އުފައްދަން ހޯމް މިނިސްޓްރީ ނިންމައިފައިވާތީ، އެކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ފާޑު ކިޔުން އަމާޒުކޮށްފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ވައްޑެ ވިދާޅުވީ، ބޮޑު ތަކުރުފާނުގެ ޤައުމީ ޖިހާދަށް ފިލްމު ހެދުން ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެހެން ނަމަވެސް ފިލްމް ހެދުމަކީ މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ތާރީޚީ ފިލްމެއް، ތާރީޚާ އާދަކާދައާ ބެހޭ މިނިސްޓްރީއެއް ހުއްޓައި ހޯމް މިނިސްޓްރީން ކުރަން ޖެހޭ ސަބަބެއް ފަހުމް ނުވާ ކަމަށް ވައްޑެ ވިދާޅުވިއެވެ.

"ބޮޑު ތަކުރުފާނުގެ ޤައުމީ ޖިހާދަށް ފިލްމު ހެދުން ވަރަށް ރަނގަޅު ކަމެއް. އެކަމަކު މިނިސްޓްރީތަކަކުން ނޫން އެކަން ކުރާނީ. އަމުދުން ތާރީޚާ އާދަކާދައާ ބެހޭ މިނިސްޓްރީއެއް ހުއްޓައި ހޯމް މިނިސްޓްރީއަކުން ނޫން." ވައްޑެ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ޤައުމީ ދުވަހުގެ މުނާސަބަތުގައި, މުޙައްމަދު ތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމުގައި އިއްޔެ ބޭއްވި ޖަލްސާގައި ހޯމް މިނިސްޓްރީން ވަނީ އެ ފިލްމް އިފްތިތާޙްކޮށްފައެވެ. މިނިސްޓްރީން ވިދާޅުވީ، މަސައްކަތް ކުރަނީ އަންނަ އަހަރު ޤައުމީ ދުވަހުގެ ކުރިން ފިލްމް ނެރުމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް