Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާލެ-ހުޅުމާލެ ހައިވޭ މަތިން ކަހައިލައިގެން ވެއްޓި އެކްސިޑެންޓެއް ހިނގައިފި

މާލެ-ހުޅުމާލެ ހައިވޭ މަތިން ކަހައިލައިގެން ވެއްޓި އެކްސިޑެންޓެއް ހިނގައިފި

މާލެއިން ހުޅުމާލެއަށް ދުއްވައިފައި ދިޔަ ސައިކަލެއް ބްރިޖް ހައިވޭއިން ކައްސައިލައިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ.

ފުލުހުން ބުނީ މިރޭ މިހިނގި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 19:54 ހާއިރު ކަމަށެވެ.

"މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކަށް. އެމީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން" ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ވެސް އަދި އޭނާގެ ހާލާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.

Advertisement
Ooredoo — Truecaller (box)

ސިނަމާލެ ބްރިޖާއި ބްރިޖާ ގުޅިފައިވާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި މީގެ ކުރިން ބައެއް މީހުންގެ ފުރާނަ ވެސް ގެއްލިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް