ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ގޮތް ހަދާނަން: ނާޒިމް

ބޭރުގެ ގައުމުތަކުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭ ގޮތް ހެދުމަކީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވައުދެއް ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިފަދައިން ވިދާޅުވީ އެ ޕާޓީ އުފެއްދުމުގެ ގޮތުން ބާއްވަން ޖެހޭ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ،
ނާޒިމް ވިދާޅުވީ ދިވެހި ފަސްގަނޑުން އެންމެ ކުޑަ މިންވަރެއް ވެސް ބޭރުގެ ބަޔަކަށް ދޫކުރުމަށް ފާޅުގައި އެ ޕާޓީން ދެކޮޅު ހަދާނެ ކަމަށާއި އެފަދަ ކަމަށް ފުރުސަތު ނުދޭނެ ހިނދު، އެއްވެސް ސަރަހައްދެއްގައި ބޭރު ގައުމެއްގެ ސިފައިންގެ މީހަކަށް ނުތިބެވޭ ގޮތް ހެދުމަކީ އެ ޕާޓީގެ ވައުދެއް ކަމަށެވެ.
މީގެ އިތުރުން ޕާޓީގެ އަމާޒާއި ވައުދުތައް ނާޒިމް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ރައްޔިތުންނަށް ތަކުލީފުވާ ގޮތަށް ހަދައިފައިވާ ގާނޫނުތަކާއި ގަވާއިދުތައް އުވައިލުމާއި ރާއްޖޭގެ ފަސް ސަރަހައްދެއްގައި އާބަން ސެންޓަރުތައް ހަދައި މާލެއަށް ތޮއްޖެހުން ކުޑަކުރުން ހިމެނެއެވެ.




.webp)

ކޮމެންޓް