Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

މިިރޭ ވިއްކާ ޓިކެޓް ގަންނަން ކިޔު ހަދައިިފި

މިިރޭ ވިއްކާ ޓިކެޓް ގަންނަން ކިޔު ހަދައިިފި

ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ރާއްޖެއާއި ސްރީ ލަންކާ ކުޅޭ މެޗުން އިތުރު 1000 ޓިކެޓް ވިއްކުމަށް ނިންމުމާ އެކު މިރޭ ވިއްކާ ޓިކެޓު ގަތުމަށް ޝޯޝަލް ސެންޓަރުގައި ކިޔޫ ހަދައިފިއެވެ.

ޓިކެޓް ގަތުމަށް ހަދާފައިވާ ކިޔޫގެ ފޮޓޯއެއް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވަނީ ޓްވިޓާގައި ހިއްސާ ކުރައްވައިފައެވެ. އަދި ސާޕް ޗެމްޕިއަންޝިޕްގެ ފޯރި ދުވަހެއް ދުވަހަކަށް ގަދަވަމުން ދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

https://twitter.com/AhmedMahloof/status/1446784634650382337

Advertisement
Ooredoo — Square (box)

މާދަމާގެ މެޗަށް އިތުރު ޓިކެޓް ވިއްކަން ނިންމައިފައި ވަނީ މިއަދު ހެނދުނު ވިއްކި ޓިކެޓްތައް ހުސްވެ، މައްސަލަ ވަރަށް ހޫނުވެ، އެފްއޭއެމްގެ ރައީސްގެ އިސްތިއުފާއަށް ގޮވާމުން ދަނިކޮށެވެ.

މައްސަލަ ހޫނުވުމާއެކު އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ މިރޭ ވިއްކުމަށް ނިންމައިފައި ވަނީ، އެފްއޭއެމްގެ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކަށް ހާއްސަކޮށްފައިވާ 2،500 ޓިކެޓްގެ ތެރެއިން  1000 ޓިކެޓް ކަމަށެވެ.

މި ޓިކެޓްތައް ވިއްކަން ފަށާނީ މިރޭ 8:00ގައި ސޯޝަލް ސެންޓަރުގައެވެ.

މާދަމާ ހަވީރު ސްރީލަންކާއާއި ރާއްޖެ ބައްދަލު ކުރާ މެޗުގެ ޓިކެޓު ހުސްވެ މައްސަލަ ހޫނުވެފައިވަނިކޮށް ވިއްކުމަށް ހަމަޖެހިފައިވާ 5،000 ޓިކެޓްގެ ތެރެއިން 1،600 ޓިކެޓް ރައީސް އޮފީހުން ނަގައިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް