Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޝަރުޢީ ދާއިރާ

ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރާނެ އަމަލުތައް ނުކުރުމަށް އެދެން: ފަނޑިޔާރުންގެ ޖަމިއްޔާ

ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރާނެ އަމަލުތައް ނުކުރުމަށް އެދެން: ފަނޑިޔާރުންގެ ޖަމިއްޔާ

ފަނޑިިޔާރުން ނިންމާ މައްސަލަތަކާ ގުޅުވައިގެން ހަގީގަތެއް ނެތް ވާހަކަ ސޯޝަލް މީޑިޔާއާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ފެތުރުން ހުއްޓައިލައި މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު މަސައްކަތް ކުރުމަށް ފަނޑިޔާރުންނަށް ހުރަސް އެޅޭ ފަދަ ކަންކަން ނުކުރުމަށް ފަނޑިޔާރުންގެ ޖަމްއިއްޔާއިން އިލްތިމާސްކޮށްފިއެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާއިން ނެނުރު ބަޔާނެއްގައި ބުނީ ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ފަދަ ހަގީގަތާ ހިލާފު ވާހަކަ ނުދެއްކުމަށާއި ފަނޑިޔާރުން މަސައްކަތް ކުރުމުގައި ގާނޫނާއި ގަވައިދާ ހިލާފުވާ ކަމަށް ދެކޭ ނަމަ އެކަންކަމާ ގުޅޭ ގޮތުން އަމަލުކުރުމަށް ގާނޫނުގައި ކަނޑައަޅައިފައިވާ އިޖުރާއާތުގެ ތެރެއިން އަމަލުކުރުމަށް އެ ޖަމިއްޔާއިން އިލްތިމާސް ކުރާ ކަމަށެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފަނޑިޔާރުންނަށް ބިރު ދެއްކުމަކީ އަދުލު އިންސާފުގެ ދާއިރާއާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދި ޝަރުއީ ދާއިރާ ހަރުދަނާކޮށް، އިތުބާރު ހޯދުމަށް ހުރަސްތަކެއް މެދުވެރިވާނެ ކަމެއް ކަމުގައި ވެސް ޖަމިއްޔާއިން ދެކޭ ކަމަށާއި ފަނޑިޔާރުންނަކީ ވެސް އެހެން ރައްޔިތުން ފަދައިން މުޖުތަމައުގައި ދިރިއުޅޭ ބަޔަކަށްވާތީ ފަނޑިޔާރަކު މައްސަލައެއް ނިންމުމުން އެ ފަނޑިޔާރަކާ ގުޅޭ ގޮތުން ހަގީގަތެއް ނެތް ވާހަކަ، ސޯޝަލް މީޑިއާއާއި އެ ނޫން ވެސް ތަންތަނުގައި ފާޅު ކުރުމަކީ ފަނޑިޔާރުންގެ މަސައްކަތާ މެދު ސުވާލު އުފެއްދުން ކަމަށެވެ.

Advertisement
HDC — Sidebar (box)

2008ވަނަ އަހަރު އުފައްދައިފައިވާ ފަނޑިޔާރުންގެ ޖަމިއްޔާއަކީ ފަނޑިޔާރުންތަކެއް އިސްނަގައިގެން އުފައްދައިފައިވާ ޖަމިއްޔާއެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް