Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މިއަދުގެ މެޗު ބައްލަވައިލެއްވުމަށް ލަންކާގެ ސްޕޯޓްސް މިނިސްޓަރު ރާއްޖެ ވަޑައިގެންފި

މިއަދުގެ މެޗު ބައްލަވައިލެއްވުމަށް ލަންކާގެ ސްޕޯޓްސް މިނިސްޓަރު ރާއްޖެ ވަޑައިގެންފި

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ޝްރީ ލަންކާ މިއަދު ހަވީރު ކުޅޭ މެޗު ބައްލަވައިލެއްވުމަށް އެ ޤައުމުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފިއެވެ.

ރާއްޖެއާއި ލަންކާ ކުޅޭ މެޗު ބައްލަވައިލެއްވުމަށް ނަމާލް ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ރާއްޖޭގެ ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް މިނިސްޓަރ އަޙުމަދު މަޙްލޫފްއެވެ.

އެނގިފައިވާ ގޮތުގައި މި މެޗު ބެއްލެވުމަށް ފަހު، މިރޭގެ ވަގުތެއްގައި ނަމާލް އެނބުރި ޤައުމަށް ވަޑައިގަންނަވާނެއެވެ.

Advertisement
Ooredoo — Square (box)

ސާފް ޗެމްޕިއަންޝިޕްގައި ޝްރީ ލަންކާއަަށް ރާއްޖެއާ ވާދަކޮށް އަދި މިހާތަނަށް މޮޅެއް ލިބިފައެއް ނުވެއެވެ.

މި އަހަރުގެ މުބާރާތުގައި އެ ޓީމު ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެ އެންމެ ފަހުން އިންޑިޔާއާ ބައްދަލުކުރި މެޗު ވަނީ އެއްވަރުކޮށްފައެވެ. އެ ނަތީޖާތަކާ އެކު ލަންކާ ޓީމަށް މިހާރު ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ.

ލަންކާގެ މިހާރުގެ ބޮޑު ވަޒީރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް