ޚަބަރު

އިންޑިއާ-ރާއްޖެ ގުޅުމުން އަޅުވެތިކަން ނޫން އިޙްސާސެއް ނުވޭ: ޝިޔާމް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އަޙްމަދު ޝިޔާމް / ފޮޓޯ: ދެން އިމޭޖްސް

އަޅުވެތި ނޫން ކަމެއް ރާއްޖެ އަދި އިންޑިއާގެ ގުޅުމުން އިޙްސާސް ނުވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝިޔާމް މިހެން ވިދާޅުވީ، ވިސާއަކާ ނުލާ ދިވެހިންނަށް އިންޑިއާއަށް ދެވޭ ގޮތަށް ނިންމައި އިންޑިއާގެ ހައި ކޮމިޝަނުން ކުރި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ. މިގޮތުން ވިދާޅުވީ، ދެ ސަރުކާރުގެ ގުޅުން މާ ބަދަހި ކަމަށް ދައުވާ ކުރާއިރު ތިން އަހަރުވީ ސަރުކާރުން ރައްޔިތުން ވިސާއަށް ސަލާން ޖެއްސުވުމަކީ ދެ ގައުމުގެ ދެމެދު މިހާރު އޮތް ގުޅުމުގެ ނިޔަތާއި މަގުސަދާ ދޭތެރޭ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

"ސަރުކާރުގެ ގުޅުން މާ ބަދަހިކަމަށް ދައުވާ ކުރާއިރު 3 އަހަރުވީ ސަރުކާރުން އަދާ ހަމައަށް މިހާލު ދިވެހި ރައްޔިތުންނަށް ޖެއްސުމަކީ 2 ޤައުމުގެ ޒަމާންވީ ގުޅުމުގެ އަދުގެ ނިޔަތާއި، އަދި މަޤްސަދާ، ދޭތެރޭ ސުވާލު އުފެދޭކަމެއް. އަޅުވެތިކަމެއް ނޫން ކަމެއް ގުޅުމުގެ ތެރެއިން އިހުސާސް ނުވޭ." ޝިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ، ޑޮކްޓަރަށް ދެއްކުމަށާއި އެނޫން ކަންކަމަށް ވެސް ވިސާއަކާ ނުލާ އިންޑިއާއަށް ދަތުރު ކުރެވޭނެއެވެ. އިންޑިއާއަށް ސިއްހީ ކަންކަމުގައި ދާއިރު، މެޑިކަލް ވިސާ ނަގަން ޖެހޭ ގޮތަށް ހެދީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެ ގައުމު ބަންދު ކުރުމާ ގުޅިގެންނެވެ.

އިންޑިއާއާ މި ސަރުކާރާ ދެމެދު ގާތް ގުޅުތަކެއް ބާއްވާތީ އިދިކޮޅުންދަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިގޮތުން އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބޭ މައްސަލައިގައި އިދިކޮޅުން ޕެޓިޝަނެއްގައި ސޮއި ކުރަމުން ވެސް އެބަގެންދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!