ބޮލީވުޑް މުނިފޫހިފިލުވުން

ޝާހުއާއި ގޯރީ ނުވެސް ނިދާ، އެންމެ ކަންބޮޑު ވަނީ ދަރިފުޅުގެ ސިއްހަތާމެދު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޝާހުއާއި ގޯރީ އަދި ދޮށީ ދަރިފުޅު އާރްޔާން ހާން

ބޮލީވުޑް ތަރި ޝާހުރުކް ހާންއާއި އޭނާގެ އަންހެނުން ގޯރީ ހާންގެ ދޮށީ ދަރިފުޅު އާރްޔާން ހާން ޖަލު ބަންދުގައި ހުރުމުން އެ ދެމީހުންނަށް ހަމަނިދި ނުލިބޭކަމަށާއި އާރްޔާންގެ ސިއްހަތާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުން ދާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން އާރްޔާން ހައްޔަރު ކުރީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެފަހަރެއްގެ މަތިން އާރްޔާންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އާރްޔާންގެ ބަންދުގެ މުއްދަތު އިތުރުކުރަން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރިނަމަވެސް އެ މައްސަލައިގެ އަޑުއެހުން ވަނީ އަންނަ ބުދަ ދުވަހަށް ލަސްކޮށްފައެވެ.

އާރްޔާން ހައްޔަރުކުރުމަށް ފަހު ޝާހުއަށް ހަމަނިދި ނުލިބި އެއްވެސް އެއްޗެއް ނުވެސް ކެވޭކަމަށް ރިޕޯޓުތައް ބުނެއެވެ. އަނެއްކޮޅުން ގޯރީގެ ހާލުވެސް ވަރަށް ދެރަ ކަމަށާއި ގޯރީގެ ބޭބެއާއި ފަހަރި ވެސް ވަގުތީގޮތުން ޝާހުގެ ގެއަށް ދިރިއުޅުން ބަދަލުކޮށްފައިވާކަމަށް ވެއެވެ.

ޝާހު އެންމެ ބޮޑަށް ކަންބޮޑު ވަނީ އާރްޔާންގެ ސިއްހަތާ މެދުއެވެ. އެގޮތުން އެންސީބީއަށާއި ޖަލަށް ގުޅައި އާރްޔާންގެ ހާލު އަވަސް އަވަހަށް އޮޅުންފިލުވާކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާގައި ހުރި އެންމެ އަގުބޮޑު އަދި އެންމެ މަޝްހޫރު ކްރިމިނަލް ލޯޔަރު ސަތީޝް މަނޭޝިންދޭ އާރްޔާންގެ ދިފާއީ ވަކީލުގެ ގޮތުގައި މަސައްކަތް ކުރާއިރު ޝާހު މިހާރު ވަނީ އިތުރު ފަސް މެމްބަރުން ހިމެނޭ ލޯޔަރުންގެ ޓީމެއް އާރްޔާންގެ މައްސަލައާ ގުޅިގެން މަސައްކަތް ކުރުމަށް ކަނޑައަޅައިފައެވެ.

އާރްޔާންގެ މައްސަލައާ ގުޅިގެން ޝާހުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ މުމްބާއީގައި މުޒާހަރާ ވެސް ކުރަމުންނެވެ. ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މައްސަލަ ތަހުގީގު ކުރި ނަމަވެސް އާރްޔާންއަށް ވާނުވާ ޖަހައިފައި ނުބެހެއްޓޭނެއެވެ. އަދި ސާބިތު ހެއްކެއް ނެތި ޝަރީއަތުން ހުކުމެއް ނުކުރަނީސް އާރްޔާން ޖަލުގައި ނުބެހެއްޓޭނެކަމަށް ގާނޫނީ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

  1. އަމާން

    އިސްތިއުނާފު ކުރިނަމަވެސް އެ މައްސަލައިގެ އަޑުއެހުން ވަނީ އަންނަ ބުދަދުވަހަށް ލަސްކޮށްފައެވެ.
    އިސްތިއުނާފު ނުކުރޭ.އިސްތިއުނާފަށް ހުށަހެޅީ.

  2. މުސްކުޅި މީހާ

    ކުށެއްކުރީމަ ޖަލުގަވެސް ބަހައްޓަން ޖެހޭނެ. ބޭރުގަ ބަހައްޓައިގެން ސަރީއަތްކުރަން މިރާއްޖެއިން ފެށީމަ ވާ ހައެތި ފެނޭއެބަ

    • ބްރެކި

      އަހަރެމެންނަށް ކީއް!! އެމީހުން ނިދިއްޔާ ނުނިދިއްޔާ!!

  3. ސުންބުލި

    އެއެއްޗެއް ހޯދި ގޮތަކައް އެއެއްޗެއް ނިމިގެންދާނީވެސް

    • ކަޑަ

      ދަންނަނީވެސް ވަރަށް ބޮޑަށް.. ތިގޮތަށް މީހުންނަށް ބަދުބަސް ބުނާކަށް ނުވާނެ!

  4. ސާހިގެ ރުކު

    އާމާލު ކްލޫނީ ގެންދަންވީނުން ވަކީލަކަށް…..

  5. ޖުހާ

    މިމީހުންގެ ދަރިއެއް މަރުވެއްޖިއްޔާ ނުވެސް ނިދާ އެންމެ ބޮޑަށް ވިސްނާނީ ކޮންކަމަކާބާ؟

  6. ނާދިރު

    އަމީތާބާއި ޖާޔާގެ ދަރިއްގެ ވާހަކައެއް ތިގޮތަކަށް އަޑެއްނުއިވޭ. ޝާހުރުކް ބޮލީވުޑްގައި ކުރިއެރީމާ ގޯރީއަށް ދަރިންނަށް ވަގުތުދެވޭވަރު ތިޔަ ފެންނަނީ. އަބަދު އުޅެންޖެހެނީ ޕާޓީތަކުގައި.