Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހިޔާ ސަރަހައްދުގައި ނަމާދުކުރުން ބޯކަރުދާސް މަތީ،އިސްލާމިކް މިނިސްޓްރީން ދެއްކީ ބަހަނާ!

ހިޔާ ސަރަހައްދުގައި ނަމާދުކުރުން ބޯކަރުދާސް މަތީ،އިސްލާމިކް މިނިސްޓްރީން ދެއްކީ ބަހަނާ!

އަލަށް އާބާދުވާން ފަށައިފައިވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނަމާދު ކުރާނެ ވަގުތީ މިސްކިތުގެ މަސައްކަތް ފެށުން ލަސްވީ މިސްކިތް އަޅާނެ ބިން ދިނުމުގައި ލަސްތަކެއް ދިމާވުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަަނަ ފިޔަވަހީގައި ނަމާދު ކުރާނެ މިސްކިތެއް ނެތުމުގެ ޝަކުވާ ޝޯޝަލް މީޑިޔާގައި ކުރަމުން އަންނަ އިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ މިހާރު ވެސް ދާއިމީ މިސްކިތެއް އަޅައި ނިމިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

https://twitter.com/ZamzamFarish/status/1447521152453074950?s=20

Advertisement
Allied — Dhen Online (box)

"ދާއިމީ މިސްކިތެއް އަޅައި ނިމިފައި ހުރީ އެކަމަކު ނުހުޅުވި ލަސްވަނީ ނަރުދަމާގެ ކަންކަން ނުނިމި ހުރީމަ. ދެން މިހާރު ވަގުތީ މިސްކިތުގެ މަސައްކަތް ވެސް އެދަނީ ކުރިއަށް. މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ވީ އެންމެ އަވަހަކަށް ނިންމޭތޯ. ކޮންޓްރެކްޓްގެ މުއްދަތުގައި ނިންމޭނެ. އެހެންވީމަ ނޮވެމްބަރު މަހު އެ މިސްކިތް ވެސް ހުޅުވޭނެ" އިސްލާމިކް މިނިސްޓްރީގެ މީޑިޔާ ކޯޑިނޭޓަރު އިސްމާއިލް އަފްރާހް "ދެން"އަށް ވިދާޅުވިއެވެ.

އަފްރާހް ވިދާޅުވީ މިހާރު އިމާރާތްކުރަމުން ދާ ވަގުތީ މިސްކިތުގެ އިތުރުން އެހެން މިސްކިތެއް ވެސް އެޅުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ވަގުތީ މިސްކިތުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ 80 ދުވަހުގެ ތެރޭގައެވެ. އެ ޕްރޮޖެކްޓަކީ ސަރުކާރުން 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މިސްކިތް އެޅުމުގައި ލަސްތަކެއްވާކަމެއް ބުނެ ޝަކުވާތައް ވަނީ ގިނަވެފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދައިފައިވާ ހިޔާ ފްލެޓްތަކުގައި މިހާރު ގިނަ އާއިލާތަކެއް ދިރިއުޅެން ފަށައިފައި ވެއެވެ. ދެވަނަ ފިޔަވަހީގައި އަދި މިހާތަނަށް އެއްވެސް މިސްކިތެއް ހުޅުވައިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް