Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާލެއިން ކަރަންޓު ކެނޑުމުގެ ސަބަބުން 4 ލިފްޓެއްގައި ބަޔަކު ތާށިވެއްޖެ

މާލެއިން ކަރަންޓު ކެނޑުމުގެ ސަބަބުން 4 ލިފްޓެއްގައި ބަޔަކު ތާށިވެއްޖެ

މާލެ ސަރަހައްދުން މީގެ އިރުކޮޅެއް ކުރިން ކަރަންޓު ކެނޑުމުގެ ސަބަބުން 4 ލިފްޓެއްގައި ބަޔަކު ތާށިވެފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކަރަންޓު ކެނޑުމުގެ ސަބަބުން 4 އިމާރާތެއްގެ ލިފްޓު ހުއްޓުމުގެ ހާދިސާ ހިނގައިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 3 އިމާރާތެއްގެ ލިފްޓު މިހާރު ހުޅުވައިލެވިފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

ހުއްޓުނު ލިފްޓްތަކުގެ ތެރެއިން މިހާރު ނުހުޅުވި ހުރީ “މާލެ ގްރޭންޑް ލިފްޓް” ކަމަށާއި އެ ލިފްޓު ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

Advertisement
Allied Insurance — Square (box)

އެމްއެންޑީއެފުން ވިދާޅުވީ ހުއްޓިފައި ވަނީ ކުރީގެ އާލިއާ ސްކޫލްގައި ހުރި ލިފްޓަކާއި، ވެލާނާގޭގައި ހުރި ލިފްޓަކާއި މާލެ ގްރޭންޑްގެ އިތުރުން މާފަންނު މަދަރުސާ ކައިރީގައި ހުންނަ މޯލްޑިވިއަން އިމާރާތުގައި ހުރި ލިފްޓު ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް