Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޖިނާއީ މައްސަލަތައް ނުބަލާ ގާޒީއަކު ސަސްޕެންޑު ކޮށްފި

ޖިނާއީ މައްސަލަތައް ނުބަލާ ގާޒީއަކު ސަސްޕެންޑު ކޮށްފި

ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ނުބައްލަވާ ގާޒީއަކު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސަސްޕެންޑްކޮށްފިއެވެ.

އެ ކޮމިޝަނުން މިއަދު ބުނީ ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައި ނުވާކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން ކުރިޔަށް ގެންދިޔަ ތަހުގީގަށް ލިބުނު މައުލޫމާތުގެ އަލީގައި ހދ. ކުޅުދުއްފުށީގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ޖިނާއީ މައްސަލަތައް ނުބައްލަވާ ކަމަށް އެ ގާޒީ އަމިއްލަފުޅަށް އެއްބަސްވެ ވަޑައިގަތް ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ. ނަމަވެސް ހަމައެކަނި ޖިނާއީ މައްސަލަތައް އެ ގާޒީ ނުބައްލަވާ ސަބަބު ޖޭއެސްސީއިން ހާމަ ކޮށްފައެއް ނުވެއެވެ.

Advertisement
Ooredoo — Square (box)

ކުޅުދުއްފުށީގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ސަސްޕެންޑް ކޮށްފައި ވަނީ 14 ދުވަހުގެ މުއްދަތަކަށެވެ. އޭނާ ސަސްޕެންޑްކޮށްފައި ވަނީ މުސާރައާ އިނާޔަތްތައް ވެސް ކަނޑައިލުމަށް ފަހުއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް