ސިޔާސީ

ރައީސް ނަޝީދާއި އެއް ފެންވަރުގެ ސެކިއުރިޓީއެއް ރީކޯ ބޭނުންފުޅުވޭ: ދޮންބިލަތް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ދެއްވާ ފަދަ ވަރުގަދަ ސެކިއުރިޓީއެއް، އެމްޑީޕީގެ ކުރީގެ ޗެއަރ ޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހަތަރު މަހަށް ފަހު ރައީސް ނަޝީދު މާލެ ވަޑައިގަތުމުން އެމަނިކުފާނަށް އޮތް ތްރެޓަށް ބަލައި ހައި ލެވެލް ސެކިއުރިޓީއެއް ވަނީ ދީފައެވެ.

މިއަދުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ދޮންބިލެތް ވިދާޅުވީ، ރައީސް ނަޝީދަށް ދެއްވާ ފަދަ ސެކިއުރިޓީއެއް މޫސާ މަނިކު ވަރަށް ބޮޑަށް ބޭނުންފުޅު ކަމަށާއި އެ ފެންވަރުގައި އުޅެންވެސް ރީކޮ ބޭނުންފުޅުވާނެ ކަމަށެވެ. އަދި މޫސާ މަނިކަށް ވުރެ ބޮޑު ލަޤަބެއް އެހެން ބޭފުޅަކަށް ލިބިވަޑައިގެންނެވީތީ ހިތްދަތިވި ކަމަށް ވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޕާޓީން އެކި ސަބަބުތަކާ ހެދި ކަނޑައިލައިފައި ތިބި މެންބަރުންނަށް ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި، މި ޕާޓީގައި ކުރިން އުޅުނު މެންބަރުން، މި ޕާޓީގެ އިސް މަޤާމުތަކުގައި ކުރީގައި ފުރުއްވައިފައި ތިބި މެންބަރުން، އެކިއެކި ސަބަބުތަކާ ހުރެ މި ޕާޓީން ވަކިކޮށްފައި ތިބި މެންބަރުން ވަރަށް ހިތްދަތިވާ މަންޒަރު އެބަ ފެނޭ" ދޮންބިލަތް ވިދާޅުވިއެވެ.

މޫސައަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން، ދޮންބިލެތް ވިދާޅުވީ، ޕާޓީން ފެއިލް ވެފައި ތިބި ފަރާތްތައް ޕާޓީ ރިފޯމް ކުރުމުގެ ވާހަކަ ދެއްކުމަކީ ބޭނުންވާ ކަމެއް ނޫން ކަމަށާއި އެއަށް ވުރެ އިދިކޮޅުގައި އޮތް ޕީޕީއެމްގެ ބަސްވެސް އެބޭފުޅުން މާބޮޑަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީއާ ބެހޭ ގޮތުން ދޮންބިލެތް ވިދާޅުވީ، ކާރުގެ ފަހަތުން ދުވެ، ސެކިއުރިޓީ އެވަރަށް ވަރުގަދަ ކުރުމަކީ އެއްގޮތަކަށް ވެސް އެދޭ ކަމެއް ނޫން ކަމަށެވެ.

"އިނގިވަޑައިގަންނަވާނެ، ރައީސް ނަޝީދަށް ވެވަޑައިގަތީ ވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވަން ފެއްޓެވީމަ. ހޮޓާތަކަށް ވަންނަވާތީވެ. ހޮޅު އަށިތަކުގައި އިންނަވާތީވެ. އެހެންވެ ރައީސް ނަޝީދުގެ މަޤްބޫލުކަން އިތުރުވެގެން އައީ." ދޮންބިލަތް ވިދާޅުވީ ރައީސް ނަޝީދު އަދިވެސް ބޭނުންފުޅު ވަނީ އެފަދަ ދިރިއުޅުމެއް އުޅުންވަން ކަމަށެވެ.

މިއަދުގެ މަޖިލީހުގައި ދޮންބިލެތް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަވައި މޫސަ ވިދާޅުވީ، ރައީސް ނަޝީދުގެ ސެކިއުރިޓީއާ ބެހޭ ގޮތުން އެއްވެސް ތާކު ވާހަކަފުޅު ދައްކަވައިފައި ނުވާ ކަމަށެވެ.

  1. ޢަވާމެނދުރު

    ކޮމްމެމީހަކުވެސްބޭނުންވާނެ ވަކިމީހަކަންތަދޭންބީސިކިރިއުތީ ހާސަކޮންަދި ދޮންބިލެންމާބޭނުންވެގެންނު ތިމަންވެސްބޭނުމޭބުނަންނުކެރިގެންނު އެހެންމީހުންގެ ނިތްކުރީގަ ލޭބަލްތި ހިތްޕަނީ.ވރީތިެއްޖެމު

  2. AHMED MOHAMED

    ރައްޔަތުން އަށްޔަންކުރި މެމްބަރުން މަޖިލީހުގައި ދައްކަންވީ ވާހަކަ ނިމިނީތޯ؟. މިކަހަލަމީހުން ލައިގެން ބަރުލަމާނީ ގެންނަން ހެޔޮނުވާނެ.

  3. ސިއްތި

    ރައީސް ނަސީދަކީ މިގައުމުގެ ހަލާކު.

  4. ދޮންކޮޅު

    ދޮންބިލެތް މަޖިލީހަށް ހޮވުންފަހުން ނުދައްކަ އަދި ރައްޔިތުންނާއި ގުޅުންހުރި އެއްވެސް ވާހަކައެއް، އަބަދުވެސް ޕާޓީ ވާހަކަ، މަޖިލިސް