ކުޅިވަރު ފުޓްބޯޅަ

އިންޑިއާ ބަލި ކުރެވޭނެ، ބޭނުން ވަނީ ސަޕޯޓަރުންގެ ދުޢާ: ޤައުމީ ޓީމުގެ ކެޕްޓަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރޭ އިންޑިއާއާއި ރާއްޖެ ކުޅޭ މެޗުގައި އިންޑިއާ ބަލި ކުރެވޭނެ ކަމަށާއި ބޭނުން ވަނީ ސަޕޯޓަރުންގެ ހެޔޮ ދުޢާ ކަމަށް ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) ބުނެފިއެވެ.

Ads by STELCO

އަކޫ މިއަދު ބުނީ ސާފް ޗެމްޕިއަންޝިޕްގައި މީގެ ކުރިން ރާއްޖެއިން ކާމިޔާބު ހޯދީ އިންޑިއާ ބަލިކޮށްގެން ކަމަށާއި، ސަޕޯޓަރުންގެ ތަރުހީބާ އެކު މާދަމާ ރޭ އިންޑިއާގެ މައްޗަށް ކާމިޔާބީ ހޯދޭނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

މާދަމާ ރޭގެ މެޗަށް އަރާނީ އިންޑިއާއަކީ މި ސަރަޙައްދުގެ އެންމެ މޮޅު ޓީމުކަން ދަނެ، ފުރިހަމަ އިހުތިރާމާ އެކު ތައްޔާރު ވެގެން ކަމަށް ވެސް އަކްރަމް ބުންޏެވެ.

"ކާމިޔާބީ ހޯދި ކޮންމެ އަހަރަކު ވެސް އިންޑިއާ ބަލިކޮށްގެން ހޯދީ. އަޅުގަނޑުމެންނަށް އެބަ އެނގޭ އިންޑިއާއަކީ މި ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމުކަން. އެކަން ދަނެގެން އެ އިހްތިރާމާ އެކު އަޅުގަނޑުމެން ނުކުންނަނީ" ޤައުމީ ޓީމުގެ ކެޕްޓަން ބުންޏެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ރާއްޖެއަށް ޖާގައެއް ލިބޭނީ މާދަމާ ރޭ ގެ މެޗުން މަދުވެގެން ޕޮއިންޓެއް ލިބިގެންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!