ދެ މިސްކިތެއްގެ ތެރެއަށް ކުޑަކަމުދިޔަ މީހާގެ ބަންދަށް އިތުރު 10 ދުވަސް

ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށާއި ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒު ތެރެއަށް ކުޑަކަމުދިޔަ މީހާގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
އިސްލާމީ މަރުކަޒާއި، ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުދިޔަ މ. ޝޭޑީހޯމް، ހަސަން ޒިޔާދު ފުލުހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުއެެވެ.
އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖަހައިފައި ވަނީ 7 ދުވަހެވެ. ފުލުހުން ވިދާޅުވީ އޭނާއަކީ، ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ. ޒިޔާދު ކޯޓުގައި އޭނާއަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއް ކަމަށް ބުނުމުން ފުލުހުން ވިދާޅުވީ، އޭނާގެ ނަފުސާނީ ބައްޔެއް ހުރިތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ.
އޭނާ ޕަބްލިކްގައި ތައުބާ އިޢުލާންކުރަންދެން މުއްދަތުޖަހަންވީ! އެކަމަކު ފާސިދުކަލޭގެ މޮޔައަކަށްހަދާ މިނިވަންކުރަން އުޅޭ ޚަބަރުވެސްލިބޭ. ރަސޫލާއަށް ފުރައްސާރަކުރި މީހުންވެސް ތިބީ މޮޔައިންގެ ލަގަބުދީ ޙިމާޔަތްކޮށްފަ.