ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން "ރިވެލި ތަރި" ބާއްވަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކައިލައި، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން "ރިވެލި ތަރި" ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ނިންމައި އެހަރަކާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
ޖެންޑާ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ "ރިވެލި ތަރި"އަށް ކުރިމަތިލުމުގެ ފުރުޞަތު 12 އޮކްޓޫބަރ 2021 ވާ އަންގާރަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވައިލައިފައިވާކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ތެރެއިން އެކި ދާއިރާތަކުން ހުނަރުވެރިން ކުރަމުން އަންނަ މަސައްކަތާއި އުފެއްދުންތައް ދައްކައިލުމާއި، އެފަރާތްތަކުގެ މަސައްކަތާއި އުފެއްދުންތައް ކުރިއަރުވާ މާކެޓުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ގާބިލުކަމުގެ މައުލޫމާތު ފުޅާދާއިރާއެއްގައި ފަތުރައި އަދި ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންގެ ތެރެއިން މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މިހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެފަރާތުން ބައިވެރިވާން ބޭނުންވާ ކެޓަގަރީއަކުން 2 މިނިޓާއި 5 މިނިޓާ ދެމެދުގެ ވީޑިއޯއެއް ތައްޔާރު ކުރުމަށްފަހު އެކަމަށް ކަނޑައަޅައިފައިވާ ފޭސްބުކް ޕޭޖަށް މިނިސްޓްރީން އަޕްލޯޑް ކުރެވޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
"ރިވެލި ތަރި މުބާރާތަށް ކުރިމަތިލާނީ ރިވެލި ތަރިއަށް ހުށަހަޅާ ފޯމުންނެވެ.މި މުބާރާތުގައި ބައިވެރިވާން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުމުން ވީޑިއޯ އަޕްލޯޑް ކުރަންވީގޮތުގެ މަޢުލޫމާތު މިނިސްޓްރީން ހިއްސާކުރެވިގެންދާނެއެވެ. އަދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް [email protected] މެއިލަށް ފޮނުވައިދެއްވަން ވާނެއެވެ." މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.
"ރިވެލި ތަރި"އަށް ކުރިމަތި ލުމުގެ އެންމެ ފަހުތާރީޚަކީ 15 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިންކަމަށް ވެސް މިނިސްޓްރީން ވިދާޅުވެއެވެ.






ކޮމެންޓް