ސްނެޕްޗެޓް ޑައުންވެއްޖެ

މަޝްހޫރު މީސްމީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ސްނެޕްޗެޓް ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވެއްޖެއެވެ.
ދުނިޔޭގެ ގިނަ ހިސާބުތަކެއްގައި ސްނެޕްޗެޑް ޑައުންވެފައިވާ ކަމަށް ސައިޓްތަކުގެ މައުލޫމާތު ހިއްސާ ކުރަމުން އަންނަ ޑައުންޑިޓެކްޓަރއިން ހާމަކުރެއެވެ.
ރާއްޖޭގެ ވެސް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ސްނެޕްޗެޓް ބޭނުން ކުރުމުގައި ރާއްޖޭގެ ބައެއް ފަރާތްތަކަށް ވެސް ދަތިތަކާ ކުރިމަތި ވަނީ ވެފައެވެ.
5 އޮކްޓޯބަރުގައި ފޭސްބުކްއިން ހިންގަމުން އަންނަ، ފޭސްބުކްއެޕްއާއި އިންސްޓަގްރާމް އަދި ވަޓްސްއެޕް ވެސް ވަނީ ޑައުންވެފައެވެ. އެފަހަރު ފޭސްބުކްއިން ބުނެފައި ވަނީ ފޭސްބުކް ޑައުންވެފައި ވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.