އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗަށް ފަހު ނޭޕާލްގެ ޤައުމީ ޓީމުގެ ކޯޗު އަބްދުﷲ އަލްމުތައިރީ އިސްތިއުފާ ދޭން ނިންމައިފިއެވެ.
މިއަދު ހަވީރު ބަނގްލަދޭޝްގެ ޤައުމީ ޓީމާ ބައްދަލުކޮށް 1-1 ގެ ނަތީޖާއާ އެކު އެއްވަރު ވެގެން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރު ކުރުމަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަމުން ނޭޕާލްގެ ކޯޗު ވަނީ އެ ޤައުމުގެ މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.
އެގޮތުން ނޭޕާލުން މެޗު ވިއްކައިލިކަމުގެ ތުހުމަތާ އެކު، ކޯޗުގެ ނަން ބޭނުން ކޮށްގެން އެ ޤައުމުގެ މީޑިއާތަކުން ވަރަށް ނޭދެވޭ ވާހަކަތައް ދައްކައިފައިވާ ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށް ވެސް ކޯޗު ބުންޏެވެ.
"އަހަރެންގެ އާއިލާއަށް ދައްކާނީ ކޮން މޫނެއް، އަހަރެމެން ފައިނަލަށް ދިއުމަކީ ދުޝްމަނުންނަށް ﷲ ދިން ވަރުގަދަ މެސެޖެއް" ކޯޗު ޢަބްދުﷲ އަލްމުތައިރީ ބުންޏެވެ.
ކުވައިތަށް ނިސްބަތްވާ ނޭޕާލްގެ މި ކޯޗު ވަނީ، މި އަހަރުގެ ޖުލައި މަހުގެ 25ވަނަ ދުވަހު ވެސް އިސްތިއުފާ ދޭން ނިންމައިފައެވެ. އެ އިރު އިސްތިއުފާ ދޭން ނިންމީ މީސް މީޑިއާގައި އޭނާއާ ދެކޮޅަށް ނޭޕާލްގެ ޕޮލިޓިޝަނުން ހަމަނުޖެހުން ހިންގައިކަމުގެ ތުހުމަތުގައެވެ. ނަމަވެސް އެ މައްސަލަ ބެލުމަށް ފަހު ފަހުން އިސްތިއުފާ ނުދޭން އޭނާ ނިންމިއެވެ.
ހާދަ ގޮތް ދައްކަނީ