Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމަށް ކުރަންޖެހޭ ޚަރަދު މިކުރަނީ ރައީސް ނަޝީދުގެ ސެކިއުރިޓީއަށް: ޑރ. ޖަމީލު

އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމަށް ކުރަންޖެހޭ ޚަރަދު މިކުރަނީ ރައީސް ނަޝީދުގެ ސެކިއުރިޓީއަށް: ޑރ. ޖަމީލު

އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމަށް ކުރަންޖެހޭ ޚަރަދު ކުރަނީ ކުރީގެ ރައީސް, އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއަށް ކަމަށް ބުނެ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ކަންބޮޑުވުން ފާޅުކޮށްފިއެެވެ.

ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރުން ހަމަޖައްސަވާ ގެ ނިމެންދެން އެ މަނިކުފާނު މިވަގުތު ހުންނެވީ ހޮޓެލް ޖެންގައި ކަމަށް އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ޖަމީލް ވިދާޅުވީ އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމަށް ކުރަންޖެހޭ ޚަރަދު މި ކުރަނީ ރައީސް ނަޝީދުގެ ގަނޑުވަރުކޮޅާއި ހޮޓަލާއި ސެކިއުރިޓީއަށް ކަމަށެވެ. އަދި “މަނިކުފާނު މިއަދު ރައްޔިތުންނަށް ބޮޑު ބުރައަކަށްވެއްޖެ،  ރިޓަޔަރ ކުރެއްވުމަށް ފަހު ތިނޫން ގޮތެއް ހޯއްދަވާ” ކަމަށް ޖަމީލް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ރައީސް ނަޝީދު ވަނީ އެމަނިކުފާނު ހޮޓެލް ޖެންގައި ހުންނަވާ ހުންނެވުމުގެ ހުރިހާ ހަރަދެއް ކުރަނީ ދައުލަތުންކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބަައްދަލު ވުމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ އަމިއްލަފުޅު ގޭގައި ހުންނަން ބޭނުންފުޅުވި ނަމަވެސް އެމްއެންޑީއެފުން މިވަގުތު އެ ގޭގައި ހުންނަވަން ހުއްދަ ދީފައި ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް