Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

24 ގަޑިއިރު ތެރޭގައި 100 ކިލޯއާ ގާތްކުރާ ވަރަކަށް މަސްތުވާތަކެތި އަތުލައިގަނެފި

24 ގަޑިއިރު ތެރޭގައި  100 ކިލޯއާ ގާތްކުރާ ވަރަކަށް މަސްތުވާތަކެތި އަތުލައިގަނެފި

ފާއިތުވީ 24 ގަޑިއިރުތެރޭ ފުލުހުން އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި 100 ކިލޯއާ ގާތް ކުރާ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވީ 24 ގަޑިއިރު ތެރޭގައި ފުލުހުންގެ ޑިޕާޓްމަންޓްތަކުން 10 ސަރަހައްދެއްގައި ހިންގި އޮޕަރޭޝަންތަކެއްގައި 100 ކިލޯއާ ގާތްކުރާ އަދަދަކަށް މަސްތުވާތަކެތި އަތުލައިގެން 10 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވި ގޮތުގައި މިއޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ޑީއީޑީއާއި ޑްރަގް އިންޓެލިޖެންސް، މެރައިން ޕޮލިސް އަދި ފޮރެންސިކް ފުލުހުން ބައިވެރިވެގެންނެވެ. މި އޮޕަރޭޝަންތަކުގައި އަތުލައިގަނެފައި ވަނީ ހެރޮއިން ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އެހެން ނަމަވެސް މި އޮޕަރޭޝަންތައް ހިންގައިފައި ވަނީ ކޮން ސަރަހައްދުތަކެއްގައި ކަމެއް ކޮމިޝަނަރ ވިދާޅުވެފައެއް ނުވެއެވެ.

https://twitter.com/M_Hameedh/status/1448549572599549953

 

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ފުލުހުން ދަނީ ދޭތެރެ ދޭތެރެއިން މިފަދަ އޮޕަރޭޝަން ހިންގަމުންނެވެ. މި ފަދަ އޮޕަރޭޝަންތަކުގައި މީހުން ހައްޔަރުކޮށް މަސްތުވާތަކެތި އަތުލައިގަންނަމުން ދެއެވެ. އަދި ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު މިގޮތަށް އަތުލާ މަސްތުވާތަކެތި ވަކި އުސޫލެއްގެ ދަށުން ނައްތައިލައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް