Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސިޓީ ކައުންސިލުގެ ވަޒީފާތަކަށް ދެން ނަގާނީ ހަމައެކަނި ދިވެހީން: މޭޔަރ މުޢިއްޒު

ސިޓީ ކައުންސިލުގެ ވަޒީފާތަކަށް ދެން ނަގާނީ ހަމައެކަނި ދިވެހީން: މޭޔަރ މުޢިއްޒު

މާލެ ސިޓީ ކައުންސިލުގެ ވަޒީފާތަކަށް ދެން ނަގާނީ ހަމައެކަނި ދިވެހީން ކަމަށް މާލޭ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ ސިޓީ ކައުންސިލުގެ ވަޒީފާތަކަށް ދެން ބިދޭސީން ނުނަގާނެ ކަމަށް ނިންމައިފައި ވަނީ އިއްޔެ ބޭއްވި ކައުންސިލު ބައްދަލުވުމެއްގައި ކަމަށެވެ. އަދި އެ ނިންމުމާ އެކު މިހާރު ކައުންސިލްގެ ބިދޭސީ މުވައްޒަފުން މަދުކޮށް އެ ވަޒީފާތަކަށް ދިވެހިން ނަގަން ނިންމައިފައިވާކަމަށް ވެސް ޑރ. މުޢިއްޒު ވިދާޅުވިއެެވެ.

"މިގޮތުން ވަޒީފާ ދޭއިރު، ޒުވާނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަށް ވަނީ ކައުންސިލްއިން ނިންމައިފައި،" މާލެ މޭޔަރު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މާލޭ ސިޓީ ކައުންސިލުން ސިލްސިލާކޮށް މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ އެއްކޮށް ބޭއްވި ބައްދަލުވުންތަކުގައި ޒުވާނުންގެ ފަރާތުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް އެދި ޑރ. މުއިއްޒަށް ވަނީ ދަންނަވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް