Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލެއާއި ހުޅުމާލެއިން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލެއާއި ހުޅުމާލެއިން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާދަމާ ހެނދުނު ، މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ އެކުންފުނީގެ ސިސްޓަމްތަކުގެ ޓެސްޓްތަކެއް މާދަމާ ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޓެސްޓްތަކަކީ ސްޓެލްކޯގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ޓެސްޓްތަކެއް ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

މި ޓެސްޓްތައް ކުރިޔަށްދާއިރު ހޮނިހިރު ދުވަހުގެ ހެނދުނު 7:00އާއި 8:00އާ ދެމެދު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވިދާޅުވިއެއެވެ. އަދި މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ކުރިމަތިވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް