Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މީހަކު މެރިކަމަށް ގާތިލު އިއުތިރާފްވާތާ ތިން ހަފްތާ ތެރޭގައި މަރަށް މަރު ހިފައި ނިންމަން ޖެހޭނެ: މުސްތަފާ

މީހަކު މެރިކަމަށް ގާތިލު އިއުތިރާފްވާތާ ތިން ހަފްތާ ތެރޭގައި މަރަށް މަރު ހިފައި ނިންމަން ޖެހޭނެ: މުސްތަފާ

މީހަކު މެރިކަމަށް ގާތިލު އަމިއްލަ ބަހުން އިއުތިރާފްވާތާ ތިން ހަފްތާ ތެރޭގައި މަރަށް މަރު ހިފް2ި ނިންމަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިފަދައިން ވިދާޅުވެފައި ވަނީ އަނިޔާ ވެރިގޮތަކަށް މަރައިލައި ވަޅަކަށް ވައްޓައިލައިފައި އޮއްވާ ފެނުނު އދ. ދަނގެތީ މޮނަލާޒް، މަހްމޫދުގެ މަރުގެ މައްސަލައާ ގުޅިގެންނެވެ.

މުސްތަފާ ވިދާޅުވީ ކުށެއް ނެތި މަރަމުންދާ މީހުންނަށް އިންސާފު ލިބެން ޖެހޭ ކަމަށާއި މަރަށް މަރު ހިފައިގެން ނޫނީ އިންސާފު ނުލިބޭނެ ކަމަށެވެ. އަދި “މީހަކު މެރި ކަމަށް ގާތިލުގެ އަމިއްލަ ބަހުން އިއުތިރާފްވާތާ 3 ހަފްތާ ތެރޭގައި މަރަށް މަރު ހިފައި ނިންމަން ޖެހޭނެ” ކަމަށް މުސްތަފާ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އަނިޔާ ވެރިގޮތަކަށް މަރައިލައިފައި އޮއްވާ އިއްޔެ ފެނުނު ގިނަ ބައެއްގެ ލޯބި ލިބިފައިވާ ވިޔަފާރި ވެރިޔާ، އދ. ދަނގެތީ މަހްމޫދު އަބޫބަކުރުގެ ޖަނާޒާ އިއްޔެ އަޞްރު ނަމާދަށް ފަހު ވަނީ ބާއްވައިފައެވެ.

މަރައިލުމަށް ފަހު ވަޅަކަށް ލައިފައި އޮއްވާ ފެނުނު މަޙްމޫދު މަރައިލުމާ ގުޅިގެން ޝައްކު ކުރެވޭ ތިން މީހަކު ފުލުހުންގެ އިދާރާއަށް ރައްޔިތުން ވެގެން ގެންގޮސްފައިވެއެވެ. އެހެން ނަމަވެސް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް