Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ކުއްޖާގެ މަންމަ ނިޔާވެއްޖެ

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ކުއްޖާގެ މަންމަ ނިޔާވެއްޖެ

އޮޅުވެލި ފުށީ ކައިރީގައި ހިނގައިދިޔަ ކަނޑުމަތީ ހާދިސާގައި ގެއްލުނު ކުއްޖާގެ މަންމަ ނިޔާވެއްޖެއެވެ.

މާލެއިން ވ. އަތޮޅަށް ދަތުރުކުރަމުންދިޔަ ލޯންޗެއް އޮޅުވެލި ރިސޯޓް ކައިރިން ނެގި ރާޅެއްގައި ޖެހި ބަންޑުން ޖަހާލި މި ހާދިސާގައި މޫދަށް ވެއްޓިފައިވަނީ އެ ލޯންޗުން ދަތުރު ކުރި 3 މީހުންނެވެ. އެއީ ކުޑަދެކުދިންނާި އެކުދިންގެ މަންމަ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މި ހާދިސާގައި އެ ލޯންޗުން މޫދަށް ވެއްޓުނު މީހުންގެ ތެރޭގައި 4 އަހަރުގެ ކުޑަކުއްޖަކު ހިމެނެއެވެ.

Advertisement
HDC — Sidebar (box)

މަޢުލޫމަަތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ކަނޑުވި ކުއްޖާގެ މަންމަ ވަނީ ނިޔާވެފައެެވެ. އެމީހާއަކީ 33 އަހަރުގެ މަރިޔަމް ނާހިދާ، ކ.މާލެ އެވެ. އެ އަންހެން މީހާ ގުރައިދޫ ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް