Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރިސޯޓެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ރިސޯޓެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގއ.މެރަދޫ ، ރެފްލްސް މޯލްޑިވްސް ރިސޯޓްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަރުވެފައި އޮއްވާ ފެނުނީ އެ ރިސޯޓްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީއެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ 34 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގއ. އަތޮޅުގައި ތަރައްޤީކޮށްފައިވާ ރެފްލްސް މޯލްޑިވްސް ރިސޯޓުގައި މަސައްކަތް ކުރަމުންދާ އުމުރުން 34 އަހަރުގެ ބިދޭސީ ފިރިހެނެއް ނޭވާލާން އުނދަގޫވާތީ ގދ. ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށް މައުލޫމާތު މިއަދު 10:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ވެސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް