Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދަރިފުޅު އިނީ މަންމަގެ އުނގުގައި، ޖެހި ރާޅާ އެކު ދެ މައިން ދިޔައީ ވިއްސައިގެން

ދަރިފުޅު އިނީ މަންމަގެ އުނގުގައި، ޖެހި ރާޅާ އެކު ދެ މައިން ދިޔައީ ވިއްސައިގެން

ފެށުނީ ދަރިންގެ ސްކޫލް ޗުއްޓީ ކަމަށްވާތީ ކުޑަ ދެ ދަރިންނާ އެކު އެ އާއިލާއިން ދަތުރު ކުރީ އުފަން ރަށް ވ. ފުލިދޫއަށް ދަތުރު ކުރުމަށެވެ.

އާއިލާގައި ދެން ތިބި މެންބަރުންނާ ބައްދަލުކޮށް، އުފާވެރި ޗުއްޓީއަކަށް ވާނެ ކަމަށް ކުރި އުންމީދު ވިއްސި ވިހާލިވީ، ދަތުރު ކުރަމުން ދިޔަ ލޯންޗަށް ޖެހި ބިޔަ ރާޅަކާ އެކު، ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

ވ. އަތޮޅަށް ފެރީގެ ހިދުމަތްދޭ "ޑްރީމް ސްޕީޑް2" ލޯންޗު، މިއަދު އެ ދަތުރަށް ފެށި އިރު ވެސް ވައި ގަދަވެ، ކަނޑު ވެސް ގަދައެވެ.

Advertisement
Allied Insurance — Square (box)

ކަނޑުމަތީގައި ހިނގި މި ހިތާމަވެރި ހާދިސާ ގާތުން ދުށް މީހަކު، ނަން ހާމަ ނުކުރުމަށް އެދި "ދެން"އަށް މައުލޫމާތު ދެމުން ބުނީ ލޯންޗެއް ބަންޑުން ޖަހާލައިގެން މިއަދު ނިޔާވި މަރިޔަމް ނާހިދާ (33އ.) އިނީ އެ ލޯންޗުގެ އެންމެ ފަހަތުގައި ކަމަށެވެ. އޭނާގެ އުނގުގަައި އުމުރުން ހަތަރު އަހަރުގެ ހަގު ދަރިފުޅު އިން އިރު، ދޮށީ ދަރިފުޅު އިނީ އެ ކުދިންގެ ބައްޕަގެ އުނގުގައި ފެރީގެ ކުރީގައެވެ.

މައުލޫމާތު ދިން މީހާ ބުނީ، ލޯންޗަށް ކުއްލިއަކަށް ޖެހި ރާޅަކާ އެކީ ނާހިދާއާއި އޭނާގެ ހަގު ދަރިފުޅު ދިޔައީ ވިއްސައިގެން ކަމަށެވެ. އެ މަންޒަރު ފެނުމުން އަނބިމީހާއާއި ހަގު ދަރިފުޅު ސަލާމަތް ކުރަން އެ ކުދިންގެ ބައްޕަ ކަނޑަށް ފުންމައިލިއެވެ. އަދި ލޯންޗު ދުއްވަން އިން ކައްޕި، ލޯންޗުގެ އިންޖީނު ނިއްވައިލައި، ކަނޑުވި މީހުން ފެނޭތޯ މަސައްކަތް ފެށިއެވެ.

ނަމަވެސް ދެ މައިން ހޯދުމަށް ކުރި މަސައްކަތް ވީ ފުރިހަމައަށް ކާމިޔާބެއް ނުވިއެވެ. ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއިން ހަމަ އެކަނި ފެނުނީ ނާހިދާ އެކަންޏެވެ. ހަގު ދަރިފުޅު އަދިވެސް ފެނިފައި ނުވާ އިރު، ނާހިދާގެ ވެސް ފެނުނީ ފުރާނަ ނެތް މަސްގަނޑެވެ.

ކ. ގުރައިދޫއަށް އެ ލޯންޗު ގެންދިޔަ ނަމަވެސް، އެ ރަށު ސިއްޙީ މަރުކަޒަށް ނާހިދާ ގެންދިޔައިރު ވެސް އޭނާ ވަނީ މި ފަނާ ކުރަނިވި ދުނިޔެއަށް އަލްވަދާއު ކިޔައިފައެވެ.

އެ ލޯންޗުން ދަތުރު ކުރި އިތުރު 13 މީހުން މިހާރު ތިބީ ގުރައިދޫގައި އެކި ގޭގޭގައެވެ. ކަނޑުމަތީގައި ހިނގި އެ ހާދިސާގެ ސަބަބުން އެ އެންމެންނަށް ވެސް ފުން އަސަރުތަކެއް ކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް