ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ މޫސުން މިދުވަސްވަރު ގޯސްވުމާ ގުޅިގެން ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ބުނީ މި ސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
ވައި ބާރު ވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި ދަތުރުކުރާ އިރު މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކުރައްވާފައިވެއެވެ.
ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 8:30އިން ހަވީރު 4:30އަށެވެ.