Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާލޭގެ އިމާރާތެއްގައި ރޯވެ އަނދަނީ

މާލޭގެ އިމާރާތެއްގައި ރޯވެ އަނދަނީ

މާލޭގައި ހުރި އިމާރާތެއްގައި ރޯވެ އަނދަމުން އެބަދެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔަރ އެންޑް ރެސްކިޔު ޓީމުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

އަލިފާން ރޯވެފައި ވަނީ އަމީނީމަގު ސީގަލް ފިހާރަ ހުންނަ ސަރަޙައްދުގައި ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement
Ooredoo — Square (box)

އެމްއެންްޑީއެފްއިން ވިދާޅުވީ، އަލިފާން ރޯވެފައި ވަނީ ގ. ތުނޑި ހަތަރުވަނަ ފަންގިފިލާގައި ކަމަށެވެ.

<img class="alignnone wp-image-120911 size-full" src="https://cdn.dhen.mv/wp-content/uploads/2021/10/IMG-c9c52861753769501c10b957031ce4cb-V.jpg" alt="" width="1600" height="1200" />

<strong>އަދާހަމަ:</strong>

އެ އަލިފާންގަނޑު މިއަދު މެންދުރު 12:16 ހާއިރު ނިއްވައިލައިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ލިބުނު ގެއްލުން އަދި އެނގިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް