ޚަބަރު އިޖުތިމާޢީ

ސަފާރީއެއްގެ އިންޖީނު ރޫމުގައި އަލިފާން ރޯވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކ.މާފުށި ކައިރީގައި އޮތް ސަފާރީއެއްގެ އިންޖީނު ރޫމުގައި އަލިފާން ރޯވެއްޖެއެވެ.

Ads by Sosun Fihaara

އެމްއެންޑީއެފުން ވިދާޅުވީ ސަފާރީގެ އިންޖީނު ރޫމުގައި އަލިފާން ރޯވި މައުލޫމާތު އެ ފަރާތަށް ލިބިފައި ވަނީ މިރޭ 20:31ގައި ކަމަށެވެ.

"ކ.މާފުށި ކައިރީގައި އޮތް ސަފާރީއެއްގެ އިންޖީނު ރޫމުގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ފަޔަރމަނުންނާ އެކު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފަޔަރ ލާންޗް ފަޔަރމަނުންނާ އެކު ހަރަކާތްތެރި ވަނީ. މިހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ މިރޭ 20:31 ހާއިރު." އެމްއެންޑީފުން ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިހާދިސާގައި އަލިފާން ރޯވެފައިވަނީ އިއްޔެ ކ. މާފުށީ ކައިރިން ނަގިލި ކަހައިލައިގެން އުޅުނު ސަފާރީގައެވެ.

ސަފާރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި އިންޖީނު ރޫމުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވައިލައިފައެވެ

މިއަދު މާލޭގައި ހުރި އިމާރާތެއްގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. ގ. ތުނޑި ހަތަރުވަނަ ފަންގިފިލާގައި ރޯވި އެ އަލިފާންގަނޑު މިއަދު މެންދުރު 12:16 ހާއިރު ވަނީ ނިއްވާލައިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ލިބުނު ގެއްލުން އަދި އެނގިފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!