އިއްޒުއްދީން ފާލަން ކައިރީގައި މަސް ބާނަން ހުރި މީހަކު މޫދަށް ވެއްޓި ނިޔާވެއްޖެ
އިއްޒުއްދީން ފާލަން ކައިރީގައި މަސް ބާނަން ހުރި މީހަކު މޫދަށް ވެއްޓި ނިޔާވެއްޖެއެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިއްޒުއްދީން ފާލަން ކައިރީގައި މަސްބާނަން ހުރި މީހަކު މޫދަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:05ގައި ލިބުނު ކަމަށާއި ހޮސްޕިޓަލަށް އެ މީހާ ގެންދިޔަ ފަހުން ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، މަސް ބާނަން ހުއްޓާ މޫދަށް ވެއްޓި ކުއްލި ގޮތަކަށް ނިޔާވެފައި ވަނީ ތ. ގުރައިދޫ/ ލައިޓްހައުސް އިބްރާހިމް ރަޝީދު (ތުނޑީގެ، ކުޑަބެ) އެވެ. ނިޔާވި އިރު އުމުރުން 59 އަހަރެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު އިތުރަށް ވިދާޅުވީ، އިއްޒުއްދީން ފާލަން ކައިރީ މަސްބާނަން ހުރި މީހާ ނިޔާވީ ވަޔާއެކު މޫދަށް ވެއްޓިގެން ކަމަށެވެ.
ރަޝީދު ނިޔާވެފައި ވަނީ މިއަދު ހެނދުނު 7:20 ހާއިރު ކަމަށް އައިޖީއެމްއެޗްއާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށި،އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!