Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބައްޕަގެ ކުއްލި ވަކިވުން: ހިތް ފަޅައިގެން ގޮސްފި

ބައްޕަގެ ކުއްލި ވަކިވުން: ހިތް ފަޅައިގެން ގޮސްފި

މިއަދު ހެނދުނުގެ ވަގުތެއްގައި އިއްޒުއްދީނު ފާލަން ކަައިރިން މަސްބާނަން ހުރި މީހަކު ވަޔާ އެކު މޫދަށް ވެއްޓި ނިޔާވި ކަމުގެ ޚަބަރު ފެތުރުނެވެ. ހަބަރު ކިޔައިލުމަށް ފަހު ވާނުވާ ބަލައިލި އިރު ހާދިސާގައި ނިޔާވީ ގިނަދުވަސްވީ ގާތް އެކުވެރިޔެއްގެ ބައްޕައެވެ. ހިތަށް އަރާފައިބައިގެން ދިޔަ ރިހުން ބުނެދޭކަށް ނޭނގުނެވެ.

މަސް ބާނަން ހުއްޓާ މޫދަށް ވެއްޓި ކުއްލި ގޮތަކަށް ނިޔާވެފައިވާ ތ. ގުރައިދޫ/ ލައިޓްހައުސް އިބްރާހިމް ރަޝީދަކީ 4 ކުދިންގެ ބައްޕައެކެވެ. ކާފަ ކިޔާ ލޯބިލޯބި ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެއްގެ ލޯބިވާ ކާފައެވެ.

"އިއްޔެ އައިސް ދަރިފުޅުއަތަށް 500 ރުފިޔާ ދީފައި ދިޔައީ. އަބަދުވެސް ހަދިޔާ ދޭނެ. ކާފަ ދަރިން ދެކެ އެހާ ލޯބިވާނެ." ރަޝީދުގެ ހަގު ދަރިފުޅު "ދެން"އަށް ބުންޏެވެ. ވާހަކަ ކުރިއަށްގެންދެވުނީ އެވަރަށެވެ. ބައްޕަގެ ކުއްލި ވަކިވުމާއެކު އެފަކީރުގެ ހިތް ވަނީ ކުދި ކުދިވެފައެވެ.

Advertisement
Ooredoo — Square (box)

ރަޝީދަކީ ލާމަސީލު ބައްޕައެކެވެ. ދަރިންދެކެ އިންތިހާއަށް ލޯބިވާ ލޯބި ބައްޕައެކެވެ. މަޑުމައިތިރި ބަސްމަދު ރަޝީދުގެ ދެ ފިރިހެންދަރިން ތިބެއެވެ. އެ ދެ ދަރިންނަކީ ވެސް ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ދެކުދިންނެވެ. އެހެން ނަމަވެސް އެކުދިންނަށް ވެސް އެއްވެސް ދަތިކަމެއް ކުރިމަތި ވިޔަ ނުދީ ހުރިހާކަމެއް ފުރިހަމަކޮށްދިން ލާމަސީލު ބައްޕައެކެވެ. ރަޝީދުގެ ކުއްލި މަރާ އެކު ރަށުގައި ހުރި އޭނާގެ ދޮށީ ދަރިފުޅު ވަނީ މާލެ އައިސްފައެވެ.

ރަޝީދުގެ ޖަނާޒާ އޮންނާނީ މިއަދުގެ މަޣްރިބް ނަމާދަށް ފަހު އާސަހަރާގައެވެ. މި ޖަނާޒާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އާއިލާގެ އެދުމެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް