Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހުޅުމާލޭގައި އަރަބިކް މީޑިއަމްއަށް ކިޔަވައިދޭ ސްކޫލެއް އެޅުމަށް ގޮވައިލައި، ޕެޓިޝަނެއް ހުށަހަޅަނީ

ހުޅުމާލޭގައި އަރަބިކް މީޑިއަމްއަށް ކިޔަވައިދޭ ސްކޫލެއް އެޅުމަށް ގޮވައިލައި، ޕެޓިޝަނެއް ހުށަހަޅަނީ

މާލޭގައި ހުންނަ އަރަބިއްޔާ ސްކޫލް ފަދަ ދެވަނަ ސްކޫލެއް، ހުޅުމާލޭގައި ވެސް ހުޅުވުމަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން އިސްނަގައިގެން ހުށަހަޅާ މި ޕެޓިޝަން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅަން ގަސްތުކޮށްފައި ވަނީ މާދަމާ ހެނދުނުއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު "ދެން"އަށް ދެމުން، ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް އުޅޭ އެއް ބެލެނިވެރިއެއް ކަމަށްވާ ޔޫސުފް ޢަބްދުﷲ ބުނީ މިނިސްޓްރީއަށް ޕެޓިޝަން ހުށަހަޅައި، އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޢަލީއާ ބައްދަލު ކުރަން ދިޔުމަށް މާދަމާ ހެނދުނު 10:00 ޖަހާއިރަށް އެޕޮއިންޓްމެންޓް ލިބިފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

"3000އަށް ވުރެ ގިނަ ސޮއި ލިބިފައި މިހާރު ހުރީ. ދެވަނަ އަރަބިއްޔާ ސްކޫލެއް ހުޅުމާލޭގައި ވެސް ހުޅުވުމުގެ ވާހަކަތަކެއް މީގެ ފަސް އަހަރު ކުރިން ވެސް ދެކެވެމުން އައި. ކުރީ ސަރުކާރުން މިކަމަށް ބިމެއް ދައްކާނެ ކަމަށް ވެސް ބުނެފައި އޮތީ. މަޝްވަރާތައް ވެސް ކުރިއަށް ދިޔަ. ނަމަވެސް އޭގެ ފަހުން މިކަން މަޑު ޖެހިފައި އޮތީ" އަރަބިއްޔާ ސްކޫލުގައި ނިމިގެން ދިޔަ ދައުރުގެ ޕީޓީއޭގެ ނައިބު ރައީސްކަން ވެސް ކޮށްފައިވާ ޔޫސުފް ބުންޏެވެ.

ޔޫސުފް އިތުރަށް ބުނީ މިހާރު އަރަބިއްޔާގެ ވަރަށް ގިނަ ދަރިވަރުންނާއި، ޓީޗަރުން ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގަައި ތަރައްޤީ ކޮށްފައިވާ ހިޔާ ފްލެޓަށް ބަދަލު ވަމުން އަންނަ ކަމަށެވެ.

"މިހާރު ވެސް ބައެއް ފަރާތްތަކުން ބަދަލު ވެއްޖެ. އަރަބިއްޔާ ސްކޫލަކީ އަރަބި މީޑިއަމްއަށް ކިޔަވައިދޭ ސްކޫލެއް. އެހެންވީމަ މި ސްކޫލްގެ ދަރިވަރުން އެހެން ތަނަކަށް (ހުޅުމާލެއަށް) ބަދަލު ވެއްޖިއްޔާ ސްކޫލަށް އަންނަން މިޖެހެނީ މާލެއަށް. އެއީ ވަރަށް ބޮޑު ތަކުލީފަކަށް ވާނެ" ޔޫސުފް ބުންޏެވެ.

ހުޅުމާލޭގައި ދެވަނަ އަރަބިއްޔާއެއް ހުޅުވުމަށް ޓަަކައި ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ސްކޫލަށް ކިޔަން ގަސްތުކޮށްފައި ވަނީ "ހުޅުމާލޭ އިސްލާމިކް ސްކޫލް" އެވެ. މި ނަން ކިޔުމަށް ބެލެނިވެރިންގެ ފަރާތުން މިނިސްޓަރ އަރިހުން އެދޭނެ ކަމަށް ވެސް ޔޫސުފް ބުންޏެވެ.

އަރަބި މީޑިއަމްއަށް ކިޔަވައި ނިންމާ ކުދިންނަށް ފުދޭވަރަކަށް ރަނގަޅު ފުރުސަތުތަކެއް ހުރިކަން ވެސް ޔޫސުފް ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ބޭރު ޤައުމުތަކުން ސްކޮލާޝިޕް ލިބުމުގެ އިތުރުން މަތީ ތައުލީމު ހާސިލު ކުރަން ބޭނުންވާ ކުދިންނަށް ވަރަށް ގިނަ ފުރުސަތުތައް ހުޅުވިގެންދާ ކަން ވެސް ޔޫސުފް ވަނީ ފާހަގަ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް