Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ރަސޫލާގެ އީދު މީލާދު ފާހަގަ ކުރުމަކީ ބިދުއައެއް ނޫން: މައުމޫން

ރަސޫލާގެ އީދު މީލާދު ފާހަގަ ކުރުމަކީ ބިދުއައެއް ނޫން: މައުމޫން

ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަކުރުމަކީ ބިދުއައެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި އެ މަނިކުފާނުގެ ލިޔުއްވުމެއް ހިއްސާ ކުރައްވާ ވިދާޅުވީ ރަސޫލާގެ އީދު މީލާދު ފާހަގަ ކުރެއްވުމަކީ އެއީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

"ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަ ކުރުމަކީ ބިދުޢައެއް ނޫން. އެއީ ކުރަން ޖެހޭ ކަމެއް. މިލިޔުން ބައްލަވާ ލައްވާ!" ލިޔުއްވުމާ އެކު މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

https://twitter.com/maumoonagayoom/status/1450069760079810560

ރައީސް މައުމޫން މިހެން ވިދާޅުވި ނަމަވެސް ދީނީ ގިނަ އިލްމްވެރިން ބުރަވެލައްވާ ގޮތުގައި ރަސޫލާގެ އީދު މީލާދު ފާހަގަކުރުމަކީ ސާބިތު ވާކަމެއް ނޫނެވެ. މިގޮތުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައާއި އަދި އެކަލޭގެފާނު ދެކެ އިންތިހާއަށް ލޯބިވެވަޑައިގެންނެވި އެއްވެސް ޞަޙާބީ ބޭކަލަކު އެކަލޭގެފާނުންގެ އުފަންދުވަސް ފާހަގަ ކުރައްވައިފައިނުވާ ކަމަށް ޝެއިހް އަލީ ޒައިދު ވަނީ ވިދާޅުވެފައެވެ.

https://twitter.com/alizaid1000/status/1450015673749442564

މިޓްވީޓަށް ޖަވާބު ދެއްވައި ޑރ. އިއާޒް ވިދާޅުވީ އެ ދުވަހަކީ ކޮން ދުވަހެއްކަން ތާރީޚުގެ ޢިލްމުވެރިންނަށް ޔަގީން ވެސް ނުވާ ކަމަށާއި ޔަގީން ވަނީ ރަބީޢުލްއައްވަލް މަހުގެ 12ވަނަ ދުވަހަކީ އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވި ދުވަސްކަންކަމަށެވެ.

https://twitter.com/dr_iyaz/status/1450021225435045897

ރައީސް މައުމޫން ފަހަކަށް އައިސް ނެރުއްވާ ބައެއް ދީނީ ފަތުވާއާ މެދު ދީނީ ގިނަ އިލްމުވެރިން ހިޔާލު ތަފާތުވެފައި ވެއެވެ. މިގޮތުން ބުރުގާ އެޅުމާ މެދު އެމަނިކުފާނު ދެއްކެވި ވާހަކަފުޅެއްގެ މައްސަލައެއް ވެސް މީގެ ކުރިން ވަނީ ވަރަށް ބޮޑުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް