Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފްލެމިންގޯ ވިއްކަން ޖެހި މައްސަލަ ފުލުހުން ބަލަނީ

ފްލެމިންގޯ ވިއްކަން ޖެހި މައްސަލަ ފުލުހުން ބަލަނީ

ރާއްޖެއަށް ހިޖްރަ ކުރި ފްލެމިންގޯއެއް 30،000 ރުފިޔާއަށް ވިއްކަން ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ރާއްޖޭގެ އުތުރަށް މިދުވަސްކޮޅު ހިޖުރަ ކުރަމުން އަންނަ ފްލެމިންގޯތަކުގެ ތެރެއިން ފްލެމިންގޯއެއް ވިއްކާލަން މީހަކު ޖަހައިފައި ވަނީ ވައިބާ ގްރޫޕެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

މިމައްސަލަ ފެންމަތި ވުމާ އެކު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ވިދާޅުވީ މިމައްސަލަ މިހާރު ފުލުހުންނާ ގުޅިގެން ތަހުޤީޤު ކުރަން ފަށައިފައިވާ ކަމަށާއި މި މައްސަލައިގައި ޝާމިލްވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

އީޕީއޭއިން އިތުރަށް ވިދާޅުވީ މިފަދަ މައްސަލަތަކުގައި ގަންނަ ފަރާތަށް ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެން ކަމުން މިފަދަ ކަންކަމަށް ސަމާލުވާން ޖެހޭކަމަށް އީޕީއޭއިން ވިދާޅުވެއެވެ. އަދި މިފަދަ ފަރާތްތައް ޤަވާއިދުގެ ތެރެއިން ޖޫރިމައިނާ ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން "ދެން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފްލެމިންގޯއެއް ވިއްކަން ވައިބާ ގްރޫޕެއްގައި ޖަހައިފައިވާ މައްސަލައެއް އީޕީއޭއިން ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އީޕީއޭގެ އިރުޝާދުގެ ދަށުން ދަނީ ބަލަމުން ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެއަށް މިގޮތަށް ހިޖުރަ ކުރާ ދޫނިތަކަށް ގޯނާކޮށް ނުވަތަ ހިފާ ހެދުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް