ބޮލީވުޑް

ބޮލުގެ އެއްފަޅި ބޭލުމުން ޝިލްޕާ އަނެއްކާ ވެސް ހޫނު ފެނަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓްރެސް ޝިލްޕާ ޝެޓީ ކުންދްރާއަކީ މި ފަހަކަށް އައިސް އެންމެ ގިނައިން ޚަބަރުތަކުގެ ސުރުޙީތަކުން ފެންނަ އެއް ތަރިއެވެ.

Ads by STELCO

ޝިލްޕާގެ ފިރިމީހާ ރާޖް ކުންދްރާ ބަރަހަނާ ފިލްމުތަކެއް ހެދިކަމުގެ ތުހުމަތުގައި މިދިޔަ ޖުލައި މަހު ހައްޔަރު ކުރި ފަހުން، ގިނަ ބައެއްގެ ނަޒަރު ޝިލްޕާއަަށް ހުއްޓިފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން ޝޯއެއްގައި ޝިލްޕާ ނުގޮތަކަށް ހީލިޔަސް، ނުވަތަ އެކުވެރިއެއްގެ ގެއަށް ދިޔަސް، އޭނާއާ ދިމާލަށް ފާޑު ކިޔައި މީހުން ވަނީ އިތުރުވެފައެވެ.

ދާދި ފަހުން ޝިލްޕާ ވަނީ އޭނާގެ އިސްތަށިގަނޑުން އެއް ފަޅި ބާލައިފައެވެ.

ބޮލުގެ ފުއްކިބައިން އެއް ފަޅި ބާލައި "އަންޑަރ ކަޓް" ހެއާރ ސްޓައިލެއް ހަދާ ވީޑިއޯއެއް ޝިލްޕާ ވަނީ މިދިޔަ ހޯމަ ދުވަހު އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.

އެ ވީޑިއޯ ފެނުމާ އެކު އެތައް ބަޔަކު ވަނީ ޝިލްޕާއަށް ފާޑު ކިޔައި މަލާމާތް ކޮށްފައެވެ. ޝިލްޕާގެ ފިރިމީހާ ކުރި ކަމަކާ ހެދި "ބޯގޮވީތޯ" ވެސް ބައެއް މީހުން ސުވާލު ކޮށްފައިވެއެވެ.

Ads by Allied Insurance
  1. އަހުމަދު

    ނެތެއްނު ސަލާމަތެއް. ޝިލްޕާގެ އިސްތަށިގަނޑު ބަހައްޓާނެ ގޮތެއް އެނގޭނީ އޭނައަށް. އެހެން މީހުންނަށް ކޮންކަމެއް.