އަނެއްކާވެސް ފައްސިވީ އަދަދުތަައް މައްޗަށް ޖެހިލައިފި

ރާއްޖެއިން މިއަދު އިތުރު 113 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 36 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 69 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 6 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ. އަދި ކަނޑުއުޅަނދުފަހަރުން ދެ މީހަކު މި ބައްޔަށް މިއަދު ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 86،324 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 84،793 އައެ މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 17 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 239 މީހުން ނިޔާވެފައި ވެއެވެ.