"ތަހުޒީބީ އަޚްލާޤީ މުޖުތަމައުއަކަށް" ނަމުގައި ވޯކްޝޮޕެއް ބާއްވައިފި

އިސްލާމްދީނާ މެދު ހޭލުންތެރި ކުރުވައި، އިސްލާމް ދީނާ މެދު އުފެދިފައިވާ ކުށްހީތައް ފިލުވާލައި، ތަހްޒީބީ އަޚްލާޤީ މުޖްތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން "ތަހުޒީބީ އަޚްލާޤީ މުޖުތަމައަކަށް" މި ނަމުގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.
އެ މިނިސްޓްރީގެ ހޯލުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް އަމާޒުކޮށްފައި ވަނީ އިސްލާމް މުދައްރިސުންނަށެވެ.
ހަތްދިހަ ހަތަރު (74) ސުކޫލަކުން ޖުމްލަ 143 އިސްލާމް މުދައްރިސުން މި ވޯކްޝޮޕްގައި ބައިވެރިވެފައިވެއެވެ.
<img class="alignnone wp-image-121596 size-full" src="https://cdn.dhen.mv/wp-content/uploads/2021/10/IMG-f17794a392ddeb1aee70c4a788cc71af-V.jpg" alt="" width="1366" height="911" />
ހެނދުނު 08:30އިން ހަވީރު 18:00އަށް ގެންދެވުނު މި ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލައިފައި ވަނީ ޝަރީޢަތުގެ މަޤާސިދުތައް، އިސްލާމީ ދިރިއުޅުމުގެ މަންހަޖު، މެދުމިން/ އިސްލާމްދީނާ މެދު އުފެދިފައިވާ ކުށްހީތައް، ދަރިން ތަރުބިއްޔަތު ކުރުން އަދި ކުދިން ދެނެގަތުމާއި އިރުޝާދު ދިނުން މި މަޢުޟޫތަކަށެވެ.
<img class="alignnone wp-image-121593 size-full" src="https://cdn.dhen.mv/wp-content/uploads/2021/10/IMG-22691cc3c2dec1a72efea5262d8f5fa5-V.jpg" alt="" width="1366" height="911" />
މި ވޯކްޝޮޕްގައި ކިޔަވައިދެއްވީ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާޙިމް، އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އަދި އައްޝައިޚް ހުސައިން ޢަބްދުﷲ ސަޢީދު އަދި ޑރ.ސަޢުދުﷲ ޢަލީއެވެ.





.webp)

ކޮމެންޓް