ޚަބަރު ސިޔާސީ

މިނިވަންކަން ގެއްލި އިންސާފުގެ ދޮރު ބަންދުވެއްޖެ: އަދުރޭ

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން
ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

ޤައުމުގައި މިހާރު ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެހުރިހާ ކަމެއްގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުވުމަކީ އިންސާފު ލިބޭނެ ދޮރުތައް ބަންދުވެ މިނިވަންކަން ގެއްލުން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމު ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޢަބްދުއްރަޙީމު މިހެން ވިދާޅުވީ ޕީޕީއެމް ޕިއެންސީއިން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަބްދުއްރަހީމު ވަނީ ގައުމުގައި މިހާރު ހުރި ގިނަ ކަންބޮޑުވުންތަކަކަށް އަލިއަޅުވައިލައްވައިފައެވެ. އެގޮތުން ގައުމުގައި އޮތް މާތްވެގެން އިސްލާމްދީނަށް ގޮންޖަހަމުންދާ ދިއުމާއި އަދި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނުރައްކަލަށް ހުށަހަޅާ ބޭރުގެ ގައުމަކާ ގުޅިގެން ގައުމުގައި އޮތް އިންސާފުތައް ހަމަތަކަށް ނުފޫޒު ފޯރުވައި އެމްޑީޕީން މުޅި ގައުމު ހަފުސް ކުރަމުން ދާކަމަށް އަބުދުއްރަހީމު ވަނީ ފާހަގަކުރައްވައިފައެވެ.

"އާދެ މިއަދު ދިވެހި ރައްޔިތުންގެ ކަންބޮޑުވުމަކީ ޞުލްޙަވެރިކަމާ އެކު ދިރިއުޅޭނެ މާޙައުލެއް މިޤައުމުގައި ޤައިމްވެފައި ނެތުން، ރައްޔިތުންނަށް އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ އިންޞާފު ލިބޭނެކަމުގެ ޔަޤީންކަން ނެތުން، ރައްޔިތުންނަށް އޮތް އެންމެ ބޮޑު ހިތްދަތި ކަމަކީ އުފާވެރި ދިރިއުޅުމެއް އުޅޭނެ މަގު ތަނަވަސްވެފައި ނެތުން. މިހެން ވާންޖެހުނީ ކިއްވެތޯ ވިސްނާލާއިރު މިހެން ވާންޖެހިގެން މިއުޅެނީ ޤައުމެއް ހިންގުމުގެ ތަޖުރިބާ ނެތްބައެއްގެ އަތްމައްޗަށް ވެރިކަން ފުރޮޅިގެން ދިއުން" ޢަބްދުއްރަޙީމު ވިދާޅުވިއެވެ.

ޢަބްދުއްރަޙީމު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ގޮތުންވެސް ފަހަތަށް ޖެހިފައި އޮތް އިރު އެކަމަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ ނުވަތަ ގޮން ޖެހުމަކީ އިޤްތިޞާދަކީ ކޮން އެއްޗެއްކަން ނޭނގޭ ބައެއްގެ އަތް މައްޗަށް އިޤްޞާދު ބައްޓަން ކުރަން ދޫކޮށްލުން ކަމަށެވެ.

ޢަބްދުއްރަޙީމު މިފަދަ މޭރުމަކުން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އިޤްތިޞާދު ވަނީ ނުހަނު ދަށަށް ގޮސްފައިވާ ކަމަށާއި 2023ގައި ވެސް މި ގައުމުގެ އިޤްތިޞާދު ހަމައަކަށް އެޅޭނެ ކަމުގެ ޔަޤީންކަން ނެތް ކަމަށް، ކަމާއި ގުޅުންހުރުން މާހިރުން ދަނީ ބުނަމުންކަން ފާހަގަކޮށްލެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!